19 ނޮވެމްބަރ 2018 ( ހޯމަ )

banner

މޯޅްޑީވްސް އިސްލާމިކް ބޭންކްގެ ޚިދުމަތް ރަސްމީކޮށް މާދަމާ ފަށަނީ

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ގާއިމްކުރެވުނު އިސްލާމިކް ބޭންކް، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފުވައްމުލަކު ބްރާޗްގެ ޚިދުމަތް ރަސްމީކޮށް މާދަމާ ފެށޭނެއެވެ. މާދަމާ ރަސްމީކޮށް ފެށުނު ނަމަވެސް ބޭންކް އެކައުންޓް ހުޅުވުމާއި ބޭންކާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވަނީ ފުވައްމުލަކުގެ އެކި ސަރަހައްދުތަކުގައި ބާއްވާފައެވެ.

މޯލްޑީވްސް އިސްލާމިކް ބޭންކަކީ އިސްލާމިކް ޑެވެލޮޕްމަންޓް ބޭންކްގެ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑެވެލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާރ ގެ 70 އިންސައްތަ ހިއްސާ އާއި ދިވެހި ދައުލަތުގެ 25 އިންސައްތަ ހިއްސާ އާއި އަމާނާ ތަކަފުލް މޯލްޑިވްސްގެ 5 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. 2010 ވަނަ އަަހަރު ބޭންކް ހިންގުމުގެ ލައިސަންނސް ލިބުނު އިސްލާމިކް ބޭންކްގެ ޚިދުމަތް ފަށާފައިވަނީ 2011 ވަނަ އަހަރު މާޗް މަހުގެތެރޭގައެވެ.  

banner

ކިޔުންތެރިންގެ ޚިޔާލު