A wide advertisement which will be shown on all devices. (700 x 100)

މޯލްޑީވްސް އިސްލާމިކް ބޭންކުގެ ފުވައްމުލަކު ބްރާންޗު ހުޅުވައިފި

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ގާއިމްކުރެވުނު އިސްލާމިކް ބޭންކް، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފުވައްމުލަކު ބްރާޗްގެ ޚިދުމަތް ރަސްމީކޮށް މާދަމާ ފަށައިފިއެވެ. ކުޑަކުޑަ ރަސްމިއްޔާތަކާއިއެކު އާދީއްތަ ދުވަހު އެބޭންކުގެ ޚިދުމަތް ފައްޓަވައިދެއްވީ އެބޭންކްގެ ސީއޯއޯ އަހުމަދު ރިޟާއެވެ. ބޭންކް އެކައުންޓް ހުޅުވުމާއި ލޯނު ދޫކުރުމުގެ އިތުރުން އެބޭންކުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއްވެސް ފުވައްމުލަކު ބްރާންޗުން ލިބޭނެކަމަށް އެބޭންކުން ބުންޏެވެ.

އިސްލާމިކް ބޭންކްގެ ޚިދުމަތް ލިބެން ހުންނާނީ ހެދުނު 08:30 އިން މެންދުރުފަހު 14:30 އަށްކަމަށް އެބޭންކުން ހާމަކުރެއެވެ. ފުވައްމުލަކުގައި މިހުޅުވުނީ އެބޭންކުގެ 5 ވަނަ ބްރާންޗުކަމަށް އެބޭންކުން ހާމަކުރެއެވެ. ފުވައްމުލަކުގެ އިތުރުން، މާލެ، ހުޅުމާލެ، ސ.ހިތަދޫ، ގދ.ތިނަދޫ އަދި ހދ.ކުޅުދުއްފުށީގައި އެބޭންކުގެ ގޮފިތައް ގާއިމުކޮށްފައިވެއެވެ.

މޯލްޑީވްސް އިސްލާމިކް ބޭންކަކީ އިސްލާމިކް ޑެވެލޮޕްމަންޓް ބޭންކްގެ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑެވެލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާރ ގެ 70 އިންސައްތަ ހިއްސާ އާއި ދިވެހި ދައުލަތުގެ 25 އިންސައްތަ ހިއްސާ އާއި އަމާނާ ތަކަފުލް މޯލްޑިވްސްގެ 5 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. 2010 ވަނަ އަަހަރު ބޭންކް ހިންގުމުގެ ލައިސަންނސް ލިބުނު އިސްލާމިކް ބޭންކްގެ ޚިދުމަތް ފަށާފައިވަނީ 2011 ވަނަ އަހަރު މާޗް މަހުގެތެރޭގައެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !