19 ނޮވެމްބަރ 2018 ( ހޯމަ )

banner

އަބުގަހާއި އަލައޮޅަށް ޖެހޭ ބަލިތަކާއި ގުޅޭ މައުލޫމާތު ދިނުމުގެބައްދަލުވުމެއް ފުވައްމުލަކުގައި ބާއްވަނީ

އަބުގަސްތަކާއި އަލައޮޅަށް ޖެހޭ ބަލިތަކާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ފުވައްމުލަކު ސިޓީ ކައުންސިލްގެ ކުރުދުމާ މާލަމުގައި މާދަމާރޭ 20:30 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.  މިބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ފަންނީ ބޭފުޅުންނެވެ.

ފުވައްމުލަކުގެ އަލައޮޅުތަކަށް ގޮތްނޭގޭ ބައްޔެއްޖެހި އަލައޮޅުތައް ހަލާކުވުމުގެ ޝަކުވާ ދަނީ ފުވައްމުލަކު ރައްޔިތުން ކުރަމުންނެވެ. އޭގެ އިތުރުން އަބުގަހަށްވެސް އެފަދަ މަސައްލަތަކެއް ކުރިމަތިވެފަވެއެވެ. ރާއްޖޭގެ އެންމެ ގިނަ އަދަދަކަށް އަލަ ހައްދާ ފުވައްމުލަކު އަލައޮޅުތަކަށް މިމައްސަލައާއި އާންމުކޮށް ކުރިމަތިވަމުންދަނީ ފެންބޮޑުވުމުން ކަމަށް އަލައޮޅު ބަލަހައްޓަމުންދާ ފަރާތްތަކުން މައުލޫމާތުދެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު