A wide advertisement which will be shown on all devices. (700 x 100)

އާ އަހަރު ފާހަގަ ކުރުން 2018

އާ އަހަރު ފާހަގަ ކުރުމަކީ މުޅި ދުނިޔޭގައި ހެން ކުރަމުން އަންނަ ކަމެކެވެ. އެގޮތުުން ކުރާ ކަންތައްތައް އެކި ގައުމުތަކާއި ސަރަޙައްދު ތަކުގައި ތަފާތެވެ. ހުރިހާ ދީނެއް ގަބޫލުކުރާ މީހުން ހެން ވެސް އާ އަހަރު ފާހަގަ ކުރެއެވެ. އާ އަހަރު ފާހަގަ ކުރުން  ދީނީ ކަމަކަށް ވުރެބޮޑަށް ވެފައިވަނީ އިޖުތިމާއީ ކަމަކަށެވެ. 

ދިވެހި ރާއްޖޭގައި އާ އަހަރު ދެ ފަހަރާ ފާހަގަ ކުރެއެވެ. އެއީ މީލާދީ ކެލެންޑަރުން އާ އަހަރު ފާހަގަ ކުރާ ޖެނުއަރީ 1 އާއި ހިޖުރީ ކެލެންޑަރުން ފުރަތަމަ މަސް ކަމަށްވާ މުޙައްރަމް މަހު 1 އެއެވެ.

ނަމަވެސް މުޖުތަމިއުގައި ފޯރީގައި ފާހަގަ ކުރާ ތަން ފެންނަނީ ޖެނުއަރީ 1 އެވެ. ވަރަށް ބޮޑު ޚަރަދުކޮށްގެން އެކިއެކި ނަންނަމުގައި ބޮޑެތި ޝޯވް ތަކާއި އެކިއެކި އިޙުތިފާލު ކުރުންތައް ބާއްވައި ހަވާ އަރުވާ ހަދައެވެ. މިރެއަކީ ވެސް އެގޮތުން ފާހަގަ ކުރެވޭ ބޮޑު ރެއެކެވެ. ފާއިތުވި 5 ވަރަކަށް އަހަރުގައި ވެސް މީލާދީ އާއަހަރު ވަރަށް ކުލަ ގަދަކޮށް ފާހަގަ ކޮށްފައި ވެއެވެ. އާއްމުން އެއްވެ މަޖަލާއި ފޯރި ނަގައެވެ. 

ބައެއް އާއްމުން ރޭގަނޑު 12 ޖަހާއިރަށް ދިމާކޮށް ޕާޓީ ބާއްވައި އުފާ ފާޅުކުރުމުގެ ތަފާތު ކަންތައް ކޮށްއުޅެ އެވެ. 

ސަރުކާރުން ބާއްވާ މިފަދަ ހަފުލާތައް މިހާރަކަށް އައިސް ގުޅުވާލެވިފައި އޮންނީ ފަތުރުވެރިކާމާއެވެ. ނަމަވެސް ބާއްވަނީ މާލޭގައި ދިވެހިންނަށެވެ. ޓްވަރިސްޓުންނަށް އަމާޒުކުރެވިގެން ރިޒޯޓުތަކުގައި އައުއަހަރު ފާހަގަ ކުރުމާއި ގުޅޭ ވާހަކަތައް ދިވެހިންގެ އާދަކާދައާއި އެހާ މުނާސަބު ކަމަކަށް ނުދެކެމެވެ.

އެއާއި ޚިލާފަށް ހިޖުރީ އާ އަހަރު ފާހަގަ ކުރަނީ ވަރަށް ވަނދުކޮށް ސަރުކާރުގެ ފަރާތުން ޖަލްސާއެއްފަދަ ކަމެއް ބާއްވާލުމުގައެވެ. އެކަމަށް ހޭދަކުރެވޭ ބަޖެޓު އޮންނަނީ ވަރަށް ބޮޑަށް ހިފެހެއްޓިފައެވެ. އާއްމުންގެ މާކަ ބޮޑު ބައިވެރިވުމެއް، އެއްވެ އުޅެ މަޖަލާއި ފޯރި ނެގުމެއް ނުފެނެއެވެ.

ނަމަވެސް މި ދެދުވަހަކީ ވެސް ދިވެހި ސަރުކާރު ބަންދު ދެދުވަހެވެ. މިއި މިހާރު ރާއްޖޭގައި އާ އަހަރު ފާހަގަ ކުރާ ގޮތެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !