17 އޯގަސްޓް 2018 (ހުކުރު)


ފައިސަލް ލައިފް ރިންގް ތަކެއް ހަދިޔާކޮށްފި

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

ފުވައްމުލަކު ސިޓީގައި ހިގާފާނެ މޫދުގެ ހާދިސާއަކުން ސަލާމަތްވުމަށްޓަކައި ލައިފް ރިންގުތަކެއް ފައިސަލް ނަސީމުގެ ފައިސަލް ފައުޑޭޝަނުން ފުވައްމުލަކު ސިޓީއަށް ހަދިޔާކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ ފައިސަލް ނަސީމްގެ ފައިސަލް ފައުންޑޭޝަނުން ފުވައްމުލަކު ސިޓީއަށް ހަދިޔާކުރި ލައިފް ރިންގުތައް ފުވައްމުލަކުގެ ފަސް ސަރަހައްދެއްގައި މިހާރުވަނީ ބަހައްޓާފައެވެ. 

އެ ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ ސާއިމް މޫސާ ވިދާޅުވީ "ރައްކާވެ، ތިބެމާ" ޕްރޮގްރާމްގެ ދަށުން އެ ރަށު ފަސް ސަރަހައްދެއްގައި ޖުމްލަ 20 ރިންގް ބަހައްޓާފައިވާ ކަމަށާއި އެ ތަކެތި ބަހައްޓާފައިވާނީ މޫދަށް އެރި އުޅުމުގެ ތެރެއިން މީހަކަށް ކަމެއް ދިމާވެއްޖެ ނަމަ އެ މީހަކު ސަލާމަތް ކުރުމަށް ބޭނުން ކުރެވޭނެހެން މޫދު ކައިރީގައި ކަމަށެވެ.

ސާއިމް ވިދާޅުވީ އެ ރިންގްތައް ބެހެއްޓުމުގެ އިތުރުން ފުވައްމުލަކު ސިޓީގެ މަގުތަކުގައި ހިނގާ އެކްސިޑެންޓްތައް މަދު ކުރުމަށްޓަކައި އާންމުން ހޭލުންތެރިކުރުމަށް މަގުތަކުގައި ބިލްބޯޑްތަކެއް ވެސް ހަރުކުރުމަށް ނިންމާފައިވާ ކަމަށެވެ.  

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!