16 އޮކްޓޯބަރ 2018 ( އަންގާރަ )

banner

މޭ މަހު 7 އަށް ހުރިހާ ސްކޫލަކަށް ވެސް ޓެބްލެޓް ލިބޭނެ

ސްކޫލްތައް ސުމޭކު ކުރުން

މިއަހަގެ ދިރާސީ ކިޔެވުން ފެށެން ތައްޔާރުވަމުންދާއިރު އެންމެ ބޮޑަށް ވައިގައި ހިފާފައި ވާ އެއް އަޑަކީ ސްކޫލްތައް ސުމޭކު ކުރުން ނުވަތަ ޑިޖިޓަލައިޒް ކުރުމުގެ ވާހަކައެވެ. މިއކމާއި ގުޅުން ހުރި އެންމެ ފަހުގެ މައުލޫމާތު ތަކަށް ބަލާއިރު މިއަހަރުގެ މޭމަހު  7 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ކިޔެވުމަށް ޓެބްލެޓް ބޭނުން ކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެޑިއުކެން މިނިސްޓްރީން ނާއި ސީޔާސީ ފަރާތްތަކުން ކުރިން  ބުނެފައި ވަނީ މިއަރު ފެށޭ އިރު ސްކޫލަތަކުގައި ފޮތުގެ ބަދަލުައި ބޭނުން ކުރާނީ  ޓެބްލެޓް ކަމަށެވެ.

މިކަމަށް ހަޖޫ ޖަހާ ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑީއާގައި ޓެބްލެޓްގައި ގަނޑު ލައްައި ނަން ޓެގް ޖަހާދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގއި އިޝްތިހާރު ވެސް ޖަހާފައި ވެއެވެ. އެހެނީ ފޮތުގައި ގަނޑުލައްވައި ނަން ޓެގެ ޖެހުމަކީ ކޮންމެ ދިރާސީ އަހަރެއް ފެށޭ އިރު ދިވެހި ކިޔަވާކުދިން ކޮންމެ ހެން ވެސް ކުރަމުން އައި އާދައަކަށް ވެފައި އޮތުމެވެ.

ނަމަވެސް ފަހުން  އެޑިއުކޭޝަނުން މިވަނީ  ފުރަތަމަ ޓާމު ޓެކްސްޓް ފޮތް ބޭނުން ކުރަން  ޖެހޭނެ ކަން ހާމަކޮށްފައެވެ. އަދި ޓެކްނޮލޮޖިގެ މިބަދަލު ކިޔވައިދިނުމަށް ގެނެވޭނީ ލަސްލަހުން ބަލައިގެން ދަރިވަރުންގެ އުނގެނުނަމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް އެމނިސްޓްރީގެ އޮފިޝަލުން ވަނީ މީޑިއާގައި ހާމަކުރައްވާފައެވެ.

ސްކޫލަތަކަށް ޓެބްލަެޓް ތައާރަފުކުރުން އިއުލާން ވުމާއެކު ބައެއް ބެލެނިވެރިންނާއި ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުން ބުނެފައިވަީ ރާއްޖޭގެ ސްކޫލްތައް އެކަމަށް ތައްޔާރު ހެއްޔެވެ؟ މުދައްރިސުންނަށް  އެކަށީގެންވާ ތަމްރީނު ދެވިއްޖެ ހެއްޔެވެ؟ ޓެކްނޮލޮޖީގެ ގުޅުން (ކަނެކްޓިވިޓީ) އެކަށީގެން ވާ މިންވަރަކަށް ސްކޫލްތަކަށް ލިބޭ ހެއްޔެވެ؟ ޓެކްނޮލޮޖީގެ މައްސަލަތައް ހައްލުކުރުމަށް އެދެވޭ އެހީގެ ނިޒާމެއް (ސަޕޯރޓް ސިސްޓމެއް) ގާއިމު ކުރެވިއްޖެ ހެއްޔެވެ؟ ޓެކްނިކަންލް މައްސަލަތައް ހައްލުކުރުމުގައި ޓީޗަރުންނަށް އެހީތެރިވެދޭނެ ބަޔަކު ސްކޫލްތަކުގައި ތަމްރީނުވެފައި އެބަތިބި ހެއްޔެވެ؟ ހަތްދިހަ ހާސް (70000) ޑިވައިސް ޗާރޖުކޮށް  ބަލަހައްޓާނެ ބަޔަކު ބަޔަކު ސްކޫލްތަކުގައި އެބަތިބިހެއްޔެވެ؟ މިކމަށް އެކަށިގެން ވާ ސޮފްޓްވެއަރ ތައް ޓެބްލެޓާއި އެކު ލިބޭނެ ހެއްޔެވެ؟

މިފަދަ އެތައް ސުވާލެއް އެފަރާތްތަކުން އުފައްދަނީ ދާދި ފަހުން ސްކޫލްތަކަށް އައު ކަރިކިއުލަމް ތައާރަފުކުރި ގޮތުން މިސާލު ނަގައިގެންނެވެ. 

ރާއްޖޭގެ ސްކޫލްތައް ސުމޭކު މާހައުލަކަށް އަދި ތައްޔާރު ނޫންކަމަށް ބުނެ  ފާޑި ކިޔާ ފަރާތްތަކުން ބުނަމުން ދަނީ މިހާރު ވެސް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކޮމްޕިއުޓަރު ލެބެއް ވެސް ނެތްކަމަށާއި އަދި ހުރި ގިނަ ލެބްތަކަކީ އަޕްޑޭޓް ނުކުރެވި، ބޭނުންނުކުރެވޭ ހާލަތުގައި  ހުރި ތަންތަން ކަމަށާއި ބޭނުންކުރެވޭ މަދު ލެބްތަކުގައި ވެސް މުދައްރިސުގެ ކޮންޓްރޯލް ނޯންނަކަމަށާއި، ބޭނުންކުރަނީ ޕައިރޭޓެޑް ސޮފްޓްވެއަރ ކަމަށެވެ. އެޑިއުކެޝަން މިނިސްޓްރީން ސްކޫލްތައް ސުމެކު ކުރުމަށް ފުރަތަމަ މިކަންތައްތައް ރަނގަޅު ކުރުން މާމުހިންމު ކަމަށް  އެފަރާތްތަކުން ބުނެއެވެ. 

އިންޓަނެޓް ކަނެކްޓިވިޓީ އަދިވެސް ރަނގަޅު ނޫންކަމަށާއި ސްކޫލްތައް ވައިފައި ކުރުމުން އެކަން ހައްލު ނުވާނޭ ކަމަށް ބުނަމުންދަނީ ރާއްޖޭގެ މަތީ ތައުލީމުދޭ ތަންތަނުގައި ބޭނުން ކުރާ ވައިފައިތައް ވެސް ބުރަހެލިވެ މަސައްކަތް ނުކުރެވޭ ކަމަށް ދަރިވަރުން ބުނަމުންދާ މިސާލުން މިސާލު ދައްކަމުންނެވެ. 

މުދައްރިސުން ތަމްރީނު ކުރެވިފައިވާ ކަމަށް ބުނާއިރު  2017 ވަނަ އަހަރުގެ ދިރާސީ ފަހު ހަފުތާގައި ޓީޗަރުން ޗުއްޓީއަށް ދާން ތައްޔާރުވެފައި ތިއްބާ 2 ދުވަހުން ގޫގުލް ޓީޗަރސް ލެވެލް 1 (13 ހަފުތާގެ މަސައްކަތް) ކޮށް ނިންމާފައި ނޫނީ ޗުއްޓީއަށް ނުދިޔުމަށް އެންގުމުން، ގިނަ ޓީޗަރުން އެކަން ކުރިގޮތް ކިޔާދީފައިވާ ކަމަށް މިކަލް ނޫހާއި ވާހަކަ ދެއްކި މީހަކު ބަޔާން ކުރިއެވެ.

+

+

+

banner

ކިޔުންތެރިންގެ ޚިޔާލު