17 އޮކްޓޯބަރ 2018 ( ބުދަ )

banner

މިއަދުގެ އެކްސިޑެންޓްގައި އަނިޔާވި ކުއްޖާ އިތުރު ފަރުވާއަށް އެމްއެމްޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ގެންދިއުމުގެ ކަނަކަމުގައި

ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި ކުއްޖާ ހެލިކޮޕްޓަރުގައި މާލެއަށް

އަދު ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ކުއްޖަކު އިތުރު ފަރުވާއަށް ހެލިކޮޕްޓަރުގައި މާލެ ގެނެސްފިއެވެ. މިއަދު (16 ޖެނުއަރީ) ހިގި މިއެކްސިޑެންޓްގައި އަނިޔާވި ކުއްޖާގެ އެއް އަތް ބިންދައިގެން ދިއުމުގެ އިތުރުން ބޮލަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ވެއެވެ. ފުރާވަރު އުމުރުގެ މިކުއްޖާ މިއަދު ހަވީރުގެ ވަގުތެއްގައި މާލެ ގެނެސް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ.

މާލެގެނައި ކުައްޖާގެ ހާލު އިތުރަށް ގޯސް ނުވާކަމަށާއި ޢޭނާގެ ބޮލަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ސިޓީ ސްކޭނެއް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެއެވެ.

މި އެކްސިޑެންޓު ހިނގި ގޮތާއި ގުޅޭ އިތުރު މައުލޫމާތު ލިބޭ ގޮތެއް އަދި ވަނީ ނުވެފައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު