A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގައި ބޯފެން ބަންދުކުރާ ކާރުޚާނާއެއް ހަދަނީ

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފު

ފުވައްމުލަކުގައި ބޯފެން ބަންދުކުރާ ކާރުޚާނާއެއް ހަދަން ފެނަކަ ކޯޕަރޭޝަނުން މަސައްކަތް ކުރަމުންއަންނަ ކަމަށް އެކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފު ވިދާޅުވެއެޖެއެވެ. މީޑިއާގައި އޭނާ ހާމަކުރެއްވި ގޮތުގައި ރާއްޖޭގެ ދެ ސަރަޙައްދެއްގައި ގާއިމުކުރާ ބޯފެން ބަންދުކުރާ ދެ ކާރުޚާނާގެ ތެރެއިން ދެކުނުގެ ސަރަޙައްދުގައި ގާއިމުކުރާ ކާރުޚާނާ އަޅާނީ ފުވައްމުލަކުގައެވެ.

ފުވައްމުލަކުުގެ އިތުރުން ދެން ގާއިމުކުރާ ކާރުޚާނާ އަލަނީ ބ.އޭދަފުށިީގައެވެ. އެކުންފުންޏަށް އިތުރު ޢާމްދަނީ ހޯދުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެއް ކަމަށް މައުލޫމާތު ލިބެއެވެ. ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މިއީ އެކުންފުނީގެ މެންޑޭޓުތެރޭގައި ހިމެނޭ ބައެއް ވިޔަފާރިތަކަށް ވަންނަން ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.

މިއަހަރުގެ ބަޖެޓުގައި 1.6 ބިލިޔަން ރުފިޔާ ހިމަނާފައިވާ މިކުންފުނީން ފެން ޕްލާންޓްތައިގާއިމުކުރުމުގެ މަސައްކަތް ކުރަނީ އެބަޖެހޓްގެ ތެރެއިން ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. 

ފުވައްމުލަކުގައި ފެން ބަންދުކުރާ ކާރުޚާނާއެއް ގާއިމުކުރާ ކަމުގެ މަައުލޫމާތު ސިޓީ ކައުންސިލަށް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ނަމަވެސް ޚާއްސަ ހާލަތްތަކުގައި ފެން ފޯރުކޮށްދިނުމުގެ ކަންކަން ކުރިން ކުރަމުން އައި ޑިޒާސްޓަރ މެނޭޖުމަންޓް ސެންޓަރުން، އެކަން ފެނަކަ ކޯޕަޝަނަށް ބަދަލުކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލުގެ އޮފިޝަލަކު މައުލޫމާތު ދެއްވިއެވެ.

ފުވައްމުލަކުގެ ވަކި ބިމެއް ފެނަކަ ކޯޕަރޭޝަނުގެ ފެން ބަންދުކުރާ ކާރުޚާނާ ގާއިމުކުރުމަށް ދޫކުރެވިފައިވާކަން ސިޓީ ކައުންސިލަށް އެނގިފައިނުވާ ކަމަށް ވެއެވެ. އެހެނީ ސިޓީ ކައުންސިލުތަކުގެ ސަރަހައްދުގައި ހިމެނޭ ބިންތައް ދޫކުރުމުމުގެ ބާރުތައް ވަނީ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަކުރެވިފައެވެ.

މިކަމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލަކު ބްރާންޗުގެ އިސްފަރާތަކަށް ގުޅާލުން ވިދާޅުވީ ފެން ބަންދުކުރާ ކާރުޚާނާއެއް ގާއިމުކުރުމުގެ މަޝަވަރާތައް މައި އޮފީހާއެކު ކުރެވެމުން ދާކަމަށާއި އެކަމަށް ބިމެއް ހޯދުމަށް ވަކިތަނެއް ފާހަގަކޮށް ހައުސިން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އަދި ވަކިތަނެއް ފައިނަލްވެފައިވާ ކަން ޖެހޭނީ މައި އޮފީހުން ބަލާލަން ކަމަށް އެފަރާތުން މައުލޫމާތު ދެއްވިއެވެ.

ފެންކަ ކުންފުންޏަކީ ވެސް ކަރަޕްޝަންގެ އަމަލުތައް ހިންގާކަމަށް ބުނެ އާއްމު ރައްޔިތުންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައިވާ ސަރުކާރުގެ %100 ހިއްސާވާ ކުންފުންޏެކެވެ. އެކުންފުނީގެ އިސް މެނޭޖުމެންޓްގެ ބޭފުޅުން ވަރަށް އަވަސް އަހަަށް ސަރުކާރުން ބަދަލުކުރައްވަމުން ގެންގޮސްފައިވާކަން ފާހަގަ ވެއެވެ.  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !