A wide advertisement which will be shown on all devices. (700 x 100)

ޗަސްބިމާއި ގުޅޭ ތަންތަނުގެ ފޮޓޯ މުބާރާތެއް ހުޅުވާލައިފި

ޗަސްބިމުގެ ފޮޓޯ މުބާރާތުގައި ބައިވެރިވެލައްވާ - ފުވައްމުލަކުގެ ބޮޑު ސަރަހައްދަކީ ޗަސްބިން

ދުނިޔޭގެ ޗަސްބިމުގެ (ވެޓްލޭންޑް) ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ޗަސްބިމާއި ގުޅޭ ތަންތަނުގެ ފޮޓޯ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު، ސްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްތް (ސީސީއޭޕީ) އާއި ކަމާއި ގުޅޭ އިދާރާތައް ގުޅިގެން ހުޅުވާލައިފިއެވެ. މިފޮޓޯ މުބާރާތުގެ މައުޟޫ އަކީ “ކަނެކްޓް އެންޑް ޑިސްކަވަރ” – ހޯދައި ގުޅުވައި ދިނުން އެވެ. މިމައުޟޫގެ ޗަސްބިމުގައި ހެދޭ ގަސްގަހާގެހި، ޖަނަވާރުތައް، އެފަދަތަންތަނުގައި މީހުންގެ ދިރިއުޅުން، އަދި އެފަދަ ތަނަކަށް ދުވަހެއްގެ ތަޖުރިބާ ކުރެވޭ ގޮތް ފަދަ ގުޅޭ ކޮންމެ މައުޟޫއަކުން ވެސް ފޮޓޯ ބައިވެރި ކުރެވިދާނެއެވެ.

މި ފޮޓޯ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތަކީ މި ޖެނުއަރީ މަހު 18 އިން ފެބްރުއަރީ 1 އަށެވެ.

މި މުބާރާތުގައި ބައިވެރިކުރާ ފޮޓޯތައް އިންޓެގްރާމަށް އަޕްލޯޑް ކޮށް، ތަސްވީރު ދޭހައެއް (ކޭޕްޝަން) ލިޔެފައި “#ވެޓްލޭންޑްޑޭއެމްވީ2018″އަށް ޓެގް އާއްމުންނަށް ޝެއަރ ކުރުމުން މުބާރާތުގައި ބައިވެރިވެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޗަސްބިމުގެ ފޮޓޯ މުބާރާތުގެ އިންސާފު ކުރުމަށް ހަމަޖެހިފައި ވަނީ އެންމެ ގިނަ ލައިކްސް ލިބޭ 10 ފޮޓޯއެއް ޖަޖުންގެ ޕެނަލަކަށް ހުށަހަޅާއި ފޮޓޯގެ ފެންވަރަޝާއި ގުޅުންހުރި މިންވަރަށް ބަލައި ވަނަތައް ހޮވާގޮތަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !