A wide advertisement which will be shown on all devices. (700 x 100)

ރައިސް ޔާމީނަށް ތާއިދު ކުރުމުގެ ގޮތުން ކޮޑަ ކިޅި ސަރަހައްދަށް އެއްވެއްޖެ

މިއަދު ކޮޑަކިޅީގައި ދައްކާލި ކެމްޕޭން ލޯގޯއާއި އަސްލު ލޯގޯ، - ފޮޓޯ:އަސުރުމާ

ރައީސް ޔާމީނަށް ތާއިދު ކުރުމުގެ ގޮތުން ފުވައްމުލަކުގައި މިއަދު އެއްވުމެއް ބާއްވައިފިއެވެ. މިއެއްވުން ބޭއްވީ ފުވައްމުލަކު ކޮޑަކިޅި ސަރަޙައްދުގައެވެ. މިއަދު މެންދުރު ފަހު ކޮޑަކިޅި ސަރަހައްދަށް އެއްވި މީހުން ވަނީ އެސަރަހައްދުގެ ޗަކަ ބިމުގައި ރައީސް ޔާމީނު ކެމްޕޭންގައި ބޭނުންކުރާ “ވައި އަށާރަ” ރަމްޒުވާ ގޮތަށް އެންމެން އެތުރިފައި ވެއެވެ.

މިއެއްވުމަށް ތައްޔާރުވުމުގެ ގޮތުން ސޯޝަލް މީޑީއާގައި ވަނީ އެއްވުމަށް ގޮވާލައި ޕޯސްޓަރު އާއްމުކޮށްފައި ވެއެވެ.

ނަމަވެސް މިކަމަށް ފާދު ކިޔައި އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ވެމްކޯގެ މުވައްޒަފުންނަށް ބިރުދައްކައި ބޮލުގައި ފޮތިކޮޅެއް އައްސައިގެން ކޮޑަ ކިޅިއަށް ގެންދިޔައަސް އެމީހުންގެ ތާއީދެއް ނުލިބޭނެ ކަމަށެވެ. ރުހުން ހޯދަން ޖެހެނީ މީހުންގެ ނިކަމެތިކަމުގެ ނަހަމަ ފައިދާ ނަގައިގެން ނޫންކަމަށެވެ.

މީގެ އިތުރުން ވެސް މިކަލް އާއި ވާހަކަ ދެއްކި އިދިކޮޅު މީހަކު ބުނީ 12 ހާސް މީހުންނަށް ވުރެ ގިނަ މީހުންގެ އާބާދީއަކުން މިއަދު ކޮޑަކިޅިއަށް ގެންދެވުނު މީހުން ގެ އަދަދުްނ ޔާމީނު ކެމްޕޭނުގަިއ ބޭނުންކުރާ ލޯގޯ ވެސް ނޭޅުނު ކަމަށެވެ.

ކެމްޕޭން ލޯގޯ ގައި އޮންނަނީ ވައި2018، އެކަމަކު އެމީސްކޮޅަށް ކިރިޔާ ހަމަކުރެވުނީ ވައި18 އެވެ. 2018 ވެސް ހަމަ ނުކުރެވުނު ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !