24 މެއި 2018 (ބުރާސްފަތި)


މަސްތުވަތަކެތީގެ މައްސަލައަކާ ގުޅިގެން ފުވައްމުލަކު އަންހެނަކު ހޯދަނީ

މަސްތުވަތަކެތީގެ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން އަންނަ ފުވައްމުލަކު ބަނަފުސާގެ އަޒިމާ - ފޮޓޯ ޕޮލިސްލައިފް

މަސްތުވަތަކެތީގެ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން އަންނަ ފުވައްމުލަކު ބަނަފުސާގެ އަޒިމާ - ފޮޓޯ ޕޮލިސްލައިފް

މަސްތުވަތަކެތީގެ މައްސަލައަކާ ގުޅިގެން ފުވައްމުލަކު އަންހެނަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަން ހާމަކޮށްފިއެވެ. ފުލުހުންގެ ފަރާތުން މިގޮތަށް އާއްމުކޮށްފައި ވަނީ ފުލުހުންގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ "ޕޮލިސް ލައިފް" ގައި މިއަދު، 31 ޖެނުއަރީ ގައި އާއްމުކުރި ލިޔުމެއްގައެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުން ތަހުގީގު ކުރާ މިމައްސަލާގައި ހޯދަނީ ދަނީ ދިގުވާނޑު ބަނަފުސާގެ، އާމިނަތު އަޒީމާ، 27 އަހަރު އެވެ. 

ފުލުހުން ބަޔާނުގައިވާ ގޮތުން އޭނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9660126 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް އެދިފައި ވެއެވެ.

މިކަލް ނޫހަށ އެނގިފަިއވާ ގޮތުގައި އަޒިޟާ ދިރިއުޅެމުން އަންނީ މާލޭގެ ހެންވޭރު އިރުމަތީ ސަރަހައްދުގައެވެ. އޭނާ އަކީ އާއްމުކޮށް އެހިސާބުތަކުގެ ރެސްޓޯރެންޓްތަކާއި ކެފޭ ތަކަށް ދާ މީހުންނާި އަދި މަގުމަތިން ދާ މީހުން އަތުން ސަލާންޖަހަިއގެން ލާރި ހޯދާ މީހެކެވެ.

މިކަލް ނޫހާއި ވާހަކަ ހިއްސާ ކުރި މާލޭގައި ދިރިއުޅޭ ފުވައމްުލަކުގެ ދުވަސްވީ ދެއަންހެނަކު ބުނިގޮތުގައި އެމީހުންގެ އަތު ރޮއިއާދޭސޮކޮށް ކާނެއެއްޗެއް ނަތްކަމާށާއި ކޮޓަރި ކުލި ދައްކާނެ އެއްޗެއް ވެސް ނެތި ހާލުޖެހިފައިވާ ކަމަށ ްބުނެ ފައިސާ ފޯދާފައިވާކަމަށް ވެއެވެ. 

މިކަލް ނޫހާއި ވާހަކަ ދެއްކި ޒުވާން ފިރިހެނަކު ކިޔައިދިން ގޮތުގައި އެ އަންހެން ކުއްޖާ(އަޒީމާ) ލައްވާ އެގޮތަށް ސަލާން ޖައްސުވައި، އާދޭސް ކޮށްގެން ފައިސާ ހޯދަނީ އޭނާއާއި ގުޅުން އޮންނަ މަސްތުވާތަކެތި ބޭނުންކުރާ ފިރިހެއް ކަމަށެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!