19 އޮކްޓޯބަރ 2018 ( ހުކުރު )

banner

ސުޕްރީމް ކޯޓުގެ ހުކުމަކީ ދުސްތޫރުގެ އެންމެ ފަހުގެ ނިންމުން.

ސްޕްރީމް ކޯޓުގެ ހުުކުމާއި މެދު ސަރުކާރުން ސުވާލު އުފައްދަނީ

ރޭ ސުޕްރީމް ކޯޓުން ކުރި ހުކުމާއި މެދު ރައީސް ޔާމީނުގެ ސަރުކާރުގެ ފަރާތުން ސުވާލު އުފައްދައި މީޑިއާގައި ވާހަކަ ދައްކައިފިއެވެ. ރޭ ބޭއްވި ޕްރެސް ބްރީފިން އެއްގައި ދައުލަތުގެ ބަންޑާރަ ނާއިބު އަނިލް ވިދާޅުވެފައި ވަނީ ރޭގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް އިޙުތިރާމުކުރާ ކަމަށާއި، ނަމަވެސް ސަރުކާރަށް ގިނަ ކަންތައްތަކެއް ކުރުމަށް އަންގައި ކޮށްފައިވާ ހުކުމާއި މެދު އަމަލު ކުރާނެ ގޮތެއް ދިރާސާކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް އެ ހުކުމުގައި ވާ މުހިންމު އެއްބަޔަކީ ވަގުތުން ވަގުތައް ލަސްކުރުމެއް ނެތި ތަންފީޒު ކުރުމަށް އަންގައި ކޮށްފައިވާ ހުކުމެކެވެ. ރޭގެ ހުކުމުގައި، ކުރިން ހުކުމް ކުރެވި ބަންދު ކުރެވިފައިވާ ސިޔާސީ 9 ފަރާތެއް ދޫކޮށްލުމުގެ އަމުރެއްވެސް ވެއެވެ. އެފަރާތްތަކުގެ ނަމާއެކު ތަފުސީލު ވެސް ހިމަނާފައި ވެއެވެ. ހުކުމުގައި ވަނީ އެހުކުމް ތަންފީޒު ކުރުމަށް ހުރަސް އަޅާފަރާތްކާއި އެހުކުމް ތަންފީޒު ކުރުމުގައި ފަރުވާކުޑަ ކުރާ ފަރާތްތަކާއި މެދު ތަހުގީގުކޮށް ދައުވާ އުފުލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް ވެސް އަމުރުކޮށްފައި ވެއެވެ.

ބަންޑާރަ ނާއިބުގެ ސުވާލު އުފެއްދުންތަކާއި މެދު ގާނޫނީ ބައެއް ވަކީލުން ބުނަނީ ސުޕުރީމް ކޯޓުގެ ހުކުމެއްގައި އަމުރުކޮށްފައިވާ ކަންތައްތަކާއި މެދު ދެން ދާނީ ކޮން ކޯޓަކަށް ހެއްޔެވެ؟ ދުސްތޫރުގައި ވަނީ ސުޕްރީމް ކޯޓުގެ ބަހަކީ ފަހު ބަސް ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމް އަލުން މުރާޖާ ކޮށްދިނުމަށް ހަމަ އަނެއްކާ ވެސް ސުޕްރީމް ކޯޓުގައި އެދެވިދާނެ ކަމަށެވެ.

ވަކި ފަރާތަކުން މައްސަލަ ހުށަނޭޅިޔަސް، ސުޕްރީމް ކޯޓަށް އަމިއްލައަށް ދުސްތޫރީ މައްސަލަތައް ބަލައި ހުކުމް ނެރުމުގެ ބާރު (ސޫމޯޓޯ) ލިބިގެންވެއެވެ. ޜޭގައި ހުކުމް ނެރުނު މައްސަލާގައި އިސް ގާނޫނީ ވަކީލަކު ހާކުރެއްވީ، ބޮޑަށް ބެލެވޭ ގޮތުގައި ރޭގެ ހުކުމް އައިސްފައި ވަނީ ގާސިމް އިބްރާހީމާއި ފާރިޝް މަައުމޫނު ސުޕްރީމް ކޯޓަށް އިލްތިމާސްކޮށް ފައިވާ މައްސަލަތަކާއި ގުޅިގެން ކަމަށެވެ.  

ސަރުކާރުގެ ފަރާތުން މިނިސްޓަރު ޑރ.ޝައިނީ މީޑިއާގައި ވިދާޅުވެފައި ވަނީ ގާނޫނީ މައްސަލައެއް ބެލޭނީ ދެފަރާތުގެ އަޑު އަހައިގެން ކަމަށެވެ. ނަމަވެސް ރޭގައި ސުޕްރީމް ކޯޓުން ސަރުކާރުގެ މައްޗަށް ހުކުމް ކުރިއިރު އެކަމުގެ އެއްވެސް މައުލޫމާތެއް ދައުލަތުގެ ބަންޑާރަ ނާއިބަށާއި ޕްރޮސެކިއުޓަރ ޖެނެރަލްއަށް އަންގާ ވެސް ނުލާކަމަށް ބުނެ ސްޕްރީމް ކޯޓުގެ ހުކުމުގެ ސައްހަކަމާއި މެދު ސުވާލު އުފެއްދެވިއެވެ.

ޑރ.ޝައިނީގެ މި ވާހަކާގައި ބުނާ ގޮތަށް މަޖުލީހުގެ 12 މެންބަރެއްގެ ގޮނޑިއާއި މެދު ގޮތެއް ނިންމުމުގެ ވަގުތީ އަމުރެއް ސުޕްރީމް ކޯޓުން ނެރުނީ އެމަސްސަލައާއި ގުޅުންހުރި މަޖުލިސް މެންބަރުްނނާއި ސިޔށީ ޕާޓީ ތަކުން މައްސަލާގައި ތަދައްޚާލުވުމަށް އެދުމުން ވެސް އެފުރުސަތު ނުދީ ދައުލަތުގެ ބަންޑާރަ ނާއިބު ހުށަހެޅި ކަންތައްތަކެއްގެ މައްޗަށް ބަލައިގެންނެވެ. މިއަދު ހަމަ އެގޮތަށް ސަރުކާރާއި ދެކޮޅަށް ކަމެއް ނިމުމުން ޑރ.ޝައިނީއަށް ވެސް އިޙުސާސު ކުރެވިއްޖެ ތާއެވެ! 

ރައީސް ޔާމީނު މަގާމުން ވަކިކުރުމުގެ މައްސަލައެއް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު