A wide advertisement which will be shown on all devices. (700 x 100)

ނުރައްކާތެރި މުޑިއެރުމެއްގައި ކާރަކުން ޖެހި ބައިސިކަލްގައި ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ

ފުވައްމުލަކު ތާރު މަގު

މިއަދު ހެނދުނު ފުވައްމުލަކު ތާރު މަގުން ބައިސިކަލު ދުއްވާފައި ދިޔަ އުމުރުން ދުވަސްވީ މީހެއްގެ ބައިސިކަލުގައި ފަހަތުން އައި ކާރަކުން ޖެހި ބައިސިކަލް ދުވަން އިން މީހާ މަރުވައްޖެއެވެ. މި މުޑިއެރުމުގައި މަރުވެފައި ވަނީ ފުވައްމުލަކު ދޫނޑިގަމު، ރީކޯ، އަބްދުރަީމު އަލީ، 74 އަހަރު އެވެ. މި މުޑިއެރުން ހިނގާފައި ވަނީ މިއަދު ހެނދުނު 10 ގަޑި ބަޔާއި 11 އާއި ދެމެދު، ތާރު މަގުން ދޫނޑިގަމާއި ފުނާޑު ގުޅޭ ހިސާބުގައި ހުރި މިސްކިތާއި ހިސާބުގައެވެ.

މި އެކްސިޑެންޓްގެ މައުލޫމާތު މިކަލް ނޫހަށް ދިން ފަރާތުން ހާމަކުރި ގޮތުގައި ފުވައްމުލަކު ބަނދަރާއި ވީކޮޅުން ތާރު މަގުން އައި މިދެ އުޅާނދު މުޑިއަރަން މެދުވެރިވީ ބައިސިކަލުގައި ދިޔަ މީހާ ކަނާތަށް ގޯޅި އަޅަން އުޅެނިކޮށް ފަހަތުން ބާރު ސްޕީޑެއްގައި އައި ކާރުން އޯވާރޓޭކު ކުރަން އުޅުމުންނެވެ. މި މުޑިއެރުމުގައި ކާރުގެ ކުރީ ކޮޅުން ބައިސިކަލުގައި ޖެހި ދުއްވަން އިން މިހާ ވިއްސައިގެން ގޮސް ކާރުގެ ބޮނެޓް މަތީގައި ޖެހިފައި ދެން ޖެހުނީ ވިންޑްސް ކްރީނުގައި އެވެ. ކާރުގެ ބޮނެޓް ބަނޑިވެ ވިންޑްސްކްރީން ތަޅައިގެން ގޮސްފައި ވެއެވެ.

މި މުޑިއެރުމުގައި ބައިސިކަލު ދުއްވަން އިން މީހާގެ ބޮޑަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވެފައި ހުރިކަމަށް މައުލޫމާތު ލިބެއެވެ. ކާރު ދުއްވަން އިންމީހާއަށް އެވެސް ގެއްލުމެއް ވިކަމުގެ މައުލޫމާތެއް ނުލިބެއެވެ.

ބައިސިލަކު ދުއްވަން އިންމީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ވެއެވެ. އޭނާގެ ޖަނާޒާގެ ކަންތައް މިއަދު ހަވީރުން ފެށިގެން އޭނާގެ ގެ (ރީކޯ) ގައި ކުރިޔަށް ގެންދެއެވެ. ކަށުނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ މިރޭ އިޝާ ނަމާދަށް ފަހު ހީނާޑި މިސްކިތުގައެވެ،

މީގެ ކުރިން ވެސް މިމަގުގައި ނުރައްކާތެރި އެތައް މުޑިއެރުންތަކެއް ހިނގައި މީހުންގެ ފުރާނަ ވެސް ގެއްލިފައި ވެއެވެ. މަގުމަތީގެ ސަލާމަތަށް ގިނަ ބަޔެއްގެ ސަމާލުކަން އިތުރު ކުރުން ވަނީ މުހިންމު އިޖުތިމާއީ ކަމަކަށް ވެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !