A wide advertisement which will be shown on all devices. (700 x 100)

ރައީސް ޔާމީނަށް އޮތް ތާއިދު ދައްކާލުމުގެ އެއްވުމެއް މިއަދު ފުވައްމުލަކު ބަނދަރު ސަރަހައްދުގައި

ރައީސް ޔާމީނާށާއި ޕީޕީއެމަށް އޮތް ތާއިދު ދައްކާލުމުގެ ގޮތުން މިއަދު ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކަުން އެއްވުމެއް ބާއްވައިފިއެވެ. މިއަދުގެ އެއްވުމުގައި ރައީސް ޔާމީނަށް ތާއިދު ކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ. މި އެއްވުމުން ގިނައިން ފެނުނީ ފުވައްމުލަކުގައި ހުރި ސަރުކާރުގެ ކުންފުނިތަކާއި އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުންނެވެ. އޭގެތެރޭގައި ސިވިލް ސާވިސް މުވައްޒަފުން ވެސް ހިމެނެއެވެ. މިއަދުގެ އެއްވުމުގަިއ ގުނައިން ބޭނުންކޮށްފައި ހުރީ ގައުމީ ދިދައެވެ.

އިދިކޮޅު ފަރާތްތަކުން ފާޑުކިޔާނީ، ސަރުކާރަށް ތާއިދު ދެއްކުމަށް ދައުލަތުގެ މުވައްޒަފުން ގަދަކަމުން ވަޒީފާގެ ބިރު ދައްކައިގެން އެއްވުމަށް ނެރެނީ ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ ސަޕޯޓަރުން ބުނަނީ އެއީ ހަމަ ޕާޓީ ދެކެ ލޯބިވާ ރައީސް ޔާމީނަށް ތާއިދުކުރާ މީހުން ކަމަށެވެ.

މިއަދު ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ބޭއްވުނު އެއްވުމުގައި މާއެދެވޭ ހަރަކާތްތަކެއް ނުހިގާކަމަށް ފުވައްމުލަކުން މައުލޫމާތު ދިން ފަރާތަކުން ހާމަކުރިއެވެ. “އޮތީ އެއްވުން ދައްކާލުމުގެ ފޮޓޯގަޑެއް ނެގުން އެކަނި” ކަމށް އެފަރާތުން ހާމަކުރިއެވެ.

ދާދި ފަހުން ވެސް ފުވައްމުލަކު ޕީޕީއެމް މެންބަރުން ވަނީ ރައީސް ޔާމީނުގެ ކެމްޕޭނަށް ފޮޓޯ ގަނޑެއް ނެގުމަށް ފުވައްމުލަކު ކޮޑަކިޅި ސަރަހައްދުގައި “ވައި18” ރަމްޒުވާ ގޮތަށް އަނކުރު އަޅާފައެވެ.

ފާއިތުވި ބުރާސްފަތި ދުވަހުގެ ރޭގައި ސްޕްރީމް ކޯޓު ނެރުނު ހުކުމް ތަންފީޒު ކުރުމުގައި ސަރުކާރުން “ފަހަތު ފަޔަށް ބުރަވެފައި” ވާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ އެ ހުކުމް ތަންފީޒު ކުރުމަށް ސަރުކާރަށް ބާރު އެޅުމުގެ ގޮތުން މާލެއާއި ބައެއް އެހެން ރަށްރަށުގައި އެއްވުންތައް ބާއްވަމުންނެވެ.

އެއާއި ވިދިގެން މިއަދު ހަވީރު، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ވެސް ވަނީ ރާއްޖޭގެ ގިނަ ރަށްރަށެއްގައި ސަރުކާރަށް ތާއިދު ކުރާކަން ހާމަކުރުމުގެ ގޮތުނަ އެއްވުންތައް ބާއްވާފައެވެ. އެ ހުކުމަށްފަހު ފުރަތަމަ ފަހަރަށް ރައީސް ޔާމީނު ވަނީ މިއަދު މާލޭގެ ވެސްޓްޕާކް ސަރަހައްދުގައި ބޭއްވުނު އެއްވުމުގައި ވާހަކަ ދައްކަވާފައެވެ. ސްޕްރީމް ކޯޓުގެ ހުކުމަށްފަހު ޕީޕީއެމުން ބޭއްވި އެއްވެސް ޕްރެސް ކޮންފަރެންސެއްގައި ރައީސް ޔާމީނު ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް ފުރަތަމަ ބައްދަލުވުމަށް އެމްއެންޑީއެފް ތެރޭގައި ތައްޔާރު ކުރެވުނު މޭޒުތައް ކައިރިން ރައީސް ޔާމީނު ވަޑައިގަންނަވާ ތަން ފެންނަ ފޮޓޯ އެއް މީޑިއާތަކުގައި ދައުރު ވެއެވެ.

އެމްޑީޕީގެ ވެރިކަން ވައްޓާލަން އޭރުގެ އިދިކޮޅު ފަރާތްތަކުން (މިހާރުގެ ސަރުކާރަށް ނިސްބަތްވާ ފަރާތްތައް) މުޒާހަރާ ކުރަން ފެށުމުން އެއިރުގެ ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ވެސް، އެއްވެ ޝުޢުރު ފާޅު ކުރުމުން މިހާރުގެ ސަރުކާރުގެ ފަރާތްތަކަށް އެކަން ބަލައެއް ނުގަނެވުނެވެ. އަދި ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުކުރި އެވެ. ‘ވެރިކަމުގައި ވެސް މުޒާހަރާ ކުރަނީ، އިދިކޮޅުގައި ތިބިއިރު ވެސް މުޒާހަރާ ކުރީ’ މިހާރުގެ ސަރުކާރުގައި ތިބި ފަރާތްތަކުން ބުނަމުން ދިޔައެވެ.

ނަމަވެސް މިއަދު މިބޭއްވުނު އެއްވުމާއި އެކު އެ ފާޑުކިޔުންތައް ރަނގަޅު ނޫންކަމަށް ގަބޫލު ކުރެވުނީ ބާއެވެ؟ ޑިމޮކްރަސީގައި މުޒާހަރާ ކުރަނީ ސަރުކާރުގައި އެ ވަގުތަކު ނުހިމެނޭ އިދިކޮޅު ފަރާތްތަކުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !