A wide advertisement which will be shown on all devices. (700 x 100)

ދުނިޔޭގެ ކެންސަރު ދުވަސް ފުވައްމުލަކުގެ ސްކޫލްތަކުގައި ވެސް ފާހަގަކޮށްފި

ރަހިމުގެ ކެންސަރު ބަލިން ސަލާމަތްވުމަށް އެޗްޕީވީ ވެކްސިން ބޭނުންކުރޭ.

މިއަދަކީ ދުނިޔޭގެ ކެންސަރު ދުވަހު ގޮތުގައި ފާހަގަކުރާ ދުވަހެވެ. ކޮންމެ އަހަރަކު ވެސް ފެބުރުއަރީ މަހު 4 ވަނަ ދުވަސް ފާހަގަ ކުރަނީ ކެންސަރު ބައްޔަށް އާއްމުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ނެވެ.

ކެންސަރު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޏ.އޭއީސީ އާއި ހާފިޒު އަޙުމަދު ސްކޫލު (ހޭޒް)ގައި ވެސް ވަނީ ދުވަހާއި ގުޅިގެން ޚާއްސަ ހަރަކާތްތަކެއް ހިންގާފައެވެ.

ކެންސަރުބައްޔަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ. ނަމަވެސް ކެންސަރު ބައްޔާކީ ކޮންޓްރޯލް ނުކުރެވިފައިވާ ބައްޔެކެވެ. ކެންސަރު ބަލި ޖެހެނީ މެލިގްނަންޓް ސެލްއެއް ހަށިގައިނޑުގައި ގިނަވެގެންނެވެ. މެލިގްނެންޓް ސެލް އަކީ އާއްމުކޮށް ހުންނަ ސެލްތަކާއި ތަފާތު ގޮތަކަށް ހުންނަ ސެލްއެކެވެ. ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ވެސް ކެންސަރު ޖެހިދާނެއެވެ. ކެންސަރަށް ފުރިހަމަ ފަރުވާއެއް އަދި ހޯދިފައި ނުވި ކަމުގައި ވިޔަސް ކެންސަރުގެ ކުރީކޮޅު އެކަން އެނގިގެން ފަރުވާކުރެވުމުން ކެންސަރު ބަލިން ސަލާމަތްވެއެވެ.

އަންހެނުންގެ ރަހިމަށް ޖެހޭ ސާވިކަލް ކެންސަރުން ސަލާމަތް ވުމަށް ޚާއްސަ ވެކްސިނެއް ބޭނުންކުރެއެވެ. އެއީ “ހިއުމަން ޕަޕިލޮމާ ވައިރަސް- އެޗްޕީވީ ވެކްސިނެވެ. ރާއްޖެއިން ވެސް މިވެކްސިން ލިބެން ހުރެއެވެ.

ރާއްޖޭގައި ވެސް ކެންސަރު ބަލިން ސަލާމަތް ވެފައިވާ މީހުން މިހާރުވެސް އާއްމު ދިރިއުޅުއް އުޅެމުން އާދެއެވެ. ހަމަ އެއާއެކު އެތައް ބަޔަކު ވަނީ ކެންސަރު ބަލީގައި ދުނިޔެ ދޫކޮށްފައެވެ. އަދި އެތައް ބަޔަކު އަންނަނީ ބަލިން ފުރާނަ ސަލާމަތް ކުރުމަށް ވޭންދެނިވި ތަކުލީފުތަކެއް އުފުލަމުންނެވެ.

ކެންސަރުގެ 100 އަށް ވުރެ ގިނަ ވައްތަރު އުޅޭ ކަމަށް ވެއެވެ. ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި އަނގައިގެ ކެންސަރު(އޯރަލް)، އުރަމަތީ ކެންސަރު (ބްރެސްޓް ކެންސަރ)، ރަހިމުގެ ކެންސަރު (ސާވިކަލް)، ލޭގެ ކެންސަރު، ހަމުގެ ކެންސަރު، ސިކުނޑީގެ ކެންސަރު، ފުއްޕާމޭގެ ކެންސަރު، އަރުތެރޭގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު އަދި ކަށީެގ ކެންސަރު ހިމެނެއެވެ.

ރާއްޖޭގައި އެންމެ އާއުކޮށް ފެންނަނީ އަނގައިގެ ކެންސަރު ކަމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ހާމަކުރެއެވެ. ދުވަހެއް ދުވަހަކަށް ރާއްޖޭގައި އަންނަނީ ކެންސަރުބަލީގެ މީހުން ގިނަވަމުން ކަން ތަފާސް ހިސާބުތަކުން ހާމަވެއެވެ.

ރާއްޖޭގެ އަންހެނުންނަށް ޖެހޭ ކެންސަރުގެ ވައްތަރު ތަކަށް ބަލާއިރު އެންމެ ގިނައިން ފެންނަމުން ދަނީ އުރަމަތީގެ ކެންސަރު ކަމަށް އައިޖީއެމްއެޗްގެ ރޭޑިއޮލޮޖިސްޓް ޑރ. ބަސްމާ ހާމަކުރެއްވިއެވެ. ބަސްމާ ހާމަކުރެވި ގޮތުގައި އެންމެ މުހިންމީ ކެންސަރަށް ގަވާއިދުން ސްކްރީން ކުރުން ނުވަތަ ޓެސްޓް ކުރުމެވެ. ޚާއްސަކޮށް އާއިލީ މީހަކަށް ކެންސަރު ޑައިގޮނޯސް ކުރެވިފައިވާ ނަމަ މިކަމަށް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ. ބަލީގެ ކުރީ މަރުހަލާއެއްގައި ކެންސަރު ޑިއގޮނޯސް ކުރެވިއްޖެނަމަ އެބަލީން ސަލާމަތް ވުމުގެ ފުރުސަތު ބޮޑެވެ.

ކެންސަރަށް ދެވޭ ފަރުވާތަކުގެ ތެރޭގައި ބަލީގެ އަސަރު ހުންނަ ގުނަވަނެއް ސާޖަރީއެއް ހަދައި ހަށިގަނޑުން ވަކިކުރުމާއި، ރޭޑިއޭޝަން ދިނުމާއި، ކީމޯތެރަޕީ ދިނުމާއި، އިމިއުނޯ ތެރަޕީ ދިނުމާއި، ހޯމޯން ތެރަޕީ އަދި ޖީން ތެރަޕީ ވެސް ހިމެނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !