A wide advertisement which will be shown on all devices. (700 x 100)

އޭޖީ އަނިލްއަށް “ފާޓު ފުޅާ” ގާނޫނު އަސާސީ އެއް ދޭން ޖެހޭ ހެއްޔެވެ؟

އޭޖީ އަށް ފާޓު ފުޅާ ގާނޫނު އަސާސީއެއް ދިނީ ދައުލަތުގެ ގާނޫނު އަސާސީގެ ދިފާޢުގައި މަސައްކަތް ކުރަން. އެޭޖީ އަނިލް

މިފަހުން ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނު ވެގެން ދާ ކޮންމެ ފަހަރަކު ހެން، ދައުލަތުގެ ބަންޑާރަ ނާއިބު މުޙައްމަދު އަނިލްގެ އިސްދައުރެއް އެކަންކަމުގައި ތޮތް ކަމަށް ބެލެވެއެވެ. މީގެ ހެއްކަކީ ހަމަ އަނިލް އާއި އެއް ދާއިރާއަކުން، ގާނޫނީ ދާއިރާއިން ކިޔަވައިގެން ތިބި އަނިލް އަށް ވުރެ މޮޅު މަތީ ފާސް ނަގައިގެން ތިބި މީހުންނާއި އަދި އެއަށް ވުރެ ދަށް ފާސްތަކެއް ނަގައިގެން ތިބި ގިނަ ބައެއްގެ ގާނޫނީ ވިސްނުނމާއި އަނިލް ގެ ގާނޫނީ ވިސްނުމުގައި ފެންނަ ތަފާތު ބޮޑު ކަމެވެ.

އެގޮތުން ފާއިތު ވި އަހަރު ސެޕްޓެމްބަރު މަހު ރާޖޭގެ ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ވަނީ އޭޖީ އަނިލް އަށް “ފާޓު ފުޅާ” ގާނޫނު އަސާސީ އެއް ދީފައެވެ. އެއީ ގާނޫނު އަސާސީގެ ބައެއް މާއްދާތައް އޭޖީ އަނިލް އަށް ނުފެންނާތީ ކަމަށް ވަކީލުން އޭރު ވަނީ މީޑިއާގައި ވިދާޅުވެފައެވެ.

މިހާރު މިފެށިގެން އުޅޭ ސިޔާސީ ހަލަބޮލިކަމުގެ އަސްލު ފެށުން ކަމަށް ބެލެވޭ އެއް ހާދިސާ އަކީ މިދިޔަ އަހަރު ބަންޑާރަ ނާއިބު ސްޕްރީމް ކޯޓަށް ވަދެ، މރައްޔިތުންގެ މަޖުލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ސްޕްރީމް ކޯޓުން ނެރުވި(މިހާރު ބާތިލު ކުރެވިފައިވާ) ކޯޓު ހުކުމެވެ. ގޮނޑިގެއްލުވާލި ކަމުގެ މައްސަލައިގެ އަސަރުކުރި މެންބަރުން ސްޕްރީމް ކޯޓުގައި އެމައްސަލއަށް ވާހަކަ ދައްކަން ފުރުސަތެއް ވެސް ނުލިބުނެވެ. އަދި ސިޔާސީ ޕާޓީތަކުން އެމައްސަލައަށް ސްޕްރީމް ކޯޓުގައި ވާހަކަ ދައްކަން ވެސް ފުރުސަތު ނުލިބި މައްސަލައިގެ ވަގުތީ ނިންމުން އޭޖީ އަނިލް ބޭނުންފުޅުވާ ގޮތަށް އައުމުން އެއްވެސް މައްސަލައެއް އޮތް ކަމަކަމަކަށް ނުވެ ގަބޫލުކުރިއެވެ. އެއާއެކު ދައުލަތުގެ މުއައްސަސާތަކުން އެހުކުމް މާނަކޮށް މެންބަރުމް ތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅިއެވެ.

އެފަހަރު އަނިލް ސުޕްރީމް ކޯޓަށް ދިޔައީ ގާނޫނު އަސާސީގައި މެންބަރުންގެ ގޮނޑިގެއްލޭނެ ވަކި ގޮތެއް ސާފު އިބާރާތުން ކަނޑައަޅާފައި އޮތްވައެވެ. އަދި ވަގުތީ ގޮތަކަށް ނަމަވެސް އެކަން ބަދަލުކުރުވިއެވެ. 

އެއާއި ޚިލާފަށް، ފާއިތުވި ބުރާސްފަތި ދުވަހުގެ ރޭ ސްޕްރީމް ކޯޓުން ނެރުނު ހުކުމުގައި، ކުރީ ގެ އަމުރު ބާތިލްކޮށް، ރާއްޖޭގެ ސިޔާސީ މަސްރަޙަށް ހައްލެއް ބޭނުންވެފައިވާ މުހިންމު 3 މައްސަލައަކަށް ގޮތްކަނޑައަޅާފައި ވެއެވެ. 

އެއީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އިސްފަރާތްތަކަށް ކުރެވިފައިވާ ޖަލު ހުކުމް ބާތިލުކޮށް އެފަރާތްތައް ދޫކޮށް މަށެވެ. ސުޕްރީމް ކޯޓގެ ހުކުމުގައި ވަނީ އެފަރާއްތަކާއި މެދު ކުރެވިފައި ވަނީ އިންސާފުވެރި ތަހުގީގެއް ނޫންކަމަށާއި އަލުން އެމައްސަލަތައް ތަހުގީގުކޮށް ބެލުމަށެވެ. މިއީ ބައިނަލް އަގުވާމީ ޖަމާއަތްތަކުން ވެސް ރާއްޖެއަށް ގޮވާލާފައިވާ ކަމެކެވެ. އދ.ގެ އިންސާނީ ހައްގު ތަކާ ބެހޭ ކޮމެޓީއިން ވެސް ވަނީ އެކަމަށް ގޮވާލާފައެވެ. 

އަނެއްކަމަކީ މަޖުލިސް މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅުމާއި، އެކަމާއި ގުޅިގެން ސުޕްރީމް ކޯޓުން ކުރިން ނެރުނު ހުކުމް، ދައުލަތުގެ އިދާރާތަކުން ނުބައިކޮށް މާނަ ކޮށް އެ ހުކުމް ނާޖާއިޒު ގޮތުގައި ބޭނުންކުރަމުން ދިއުމެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ މަޖުލިސް މެންބަރުން ފްލޯ ކްރޮސް ކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖުލީހުން ގާނޫނެއް ހަދަންދެން ސްޕްރީމް ކޯޓުން ހުޅުވާލަ ދިން ވަގުތީ ހައްލ؛ުގެ ބޭނުން ނޭދެވޭ ގޮތުގައި ކުރަމުން ދިއުމާއި އެކަމަށް 6 މަސް ދުވަސް ވީއިރުވެސް ގާނޫނެއް ނެހެދި އޮތުމެވެ.

ތިން ވަނަ ކަމެއްގެ ގޮތުން ސްޕްރީމް ކޯޓުގެ ޖަޖުންނާއި، ޖުޑިޝަރީގެ އިސް ފަރާތްތަކަށް ސަރުކާރުން ނުފޫޒު ފޯރުމަވުން ދިއުމެވެ. އަދި ސުޕްރީމް ކޯޓުގެ ޖަޖުންގެ މައްސަލަތައް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ސަރުކާރުގެ މެޖޯރިޓީ އޮންނަ) މެދުވެރިކޮށް އުޅުމުން އެކަން ހުއްޓުވަން ކުރި އަމުރެވެ. 

ނަމަވެސް ސަރުކާރުގެ އިސްފަރާތތަކަށް މިކަންތައްތައް ބަލައެއް ނުގަނެވުނެވެ. އިްނސާނީ ހަމައަކީ ކޯޓުން ހުކުމް ނެރުމުން ދެން ޖެހެނީ ހުކުމް ތަންފީޒުކުރާށެވެ. ސުޕްރީމް ކޯޓުގެ ހުކުމާއި މެދު ކަންބޮޑު ވުންތަކެއް ހުރި ނަމަ އަލުން އެކަމެއް މުރާޖާޢާ ކުރުމަށް ވެސް އެދެވެން އޮތީ ގާނޫނުތައް ބުނާ ގޮތުން ހަމަ ސުޕްރީމް ކޯޓަށެވެ.

މިކަންކަމަށް އެންމެ ފާޅުކަން ބޮޑުގޮތުގައި ގޮން ޖައްސަވަމުން ގެންދަވަނީ ދައުލަތުގެ ބަންޑާރަ ނާއިބެވެ. އޭޖީ އަނިލް އަށް ލިބުނު ފާޓު ފުޅާ ގާނޫނޫ އަސާސީއަށް ވެސް ބަލައިލުމެއް ނެތި ކުރިއަރުވަން މިއުޅުއްވަނީ ހަމައެކަނި ސަރުކާރުގެ ކޮޅެވެ. މުޅި ދައުލަތް ކުރިއަރުވާކަށް ދައުލަތުގެ ބަންޑާރަ ނާއިބު އުޅުއްވާތަނެއް ނުފެނެއެވެ.

އެެންމެ ފަހުން، އިއްޔެ އޭޖީ އަނިލް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން ހުކުމް ކުރިޔަސް އެކަމެއް ތަންފީޒު ނުކުރައްވާނޭ ކަމަށެވެ. އެހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ރައިސުލް ޖުމްހޫރިއްޔާ ދައްލަތް ހިންގުމުގެ އުސޫލުތަކާއި ޚިލާފުވާކަމަށާއި ދައުލަތުގެ މިނިވަން މުއައްސަސާތަކުން ރައްޔިތުންގެ މައްސަލަތައް ނުބެލޭކަމަށާއި ރައްޔިތުންގެ މަޖުލިސް ހިސޯރުކޮށްފައިވާކަމަށާއި، މިކަންކަމަށް ހައްލެއް ހޯދެން އޮތީ ރައީސް މަގާމުން ދުރުކޮށްގެން ކަމަށް ފެންނާތީ ކަމަށްބުނެ އެމައްސަލަތައް ބަލައިދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުމާއި ގުޅިގެންނެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !