A wide advertisement which will be shown on all devices. (700 x 100)

ހުއްދަ ނުނަގާ ދީނީ ނަސޭހަތް ދޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނަން – އިސްލާމިކް މިނިސްޓްރީ

މިނިސްޓްރީގެ ހުއްދަ ނުނަގާ ދީނީ ދަރުސް ދޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަނީ. ފޮޓޯ: ޝާފިއޢު އަލީ

ހުއްދަ ނުނަގާ ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ދީނި ނަސޭޙަތް ދޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ހާމަ އިސްލާމިކް މިނިސްޓްރީން ކުރައްވައިފިއެވެ. އެ މިނިސްޓްރީން މިކަން ހާމަކުރައްވާފައި ވަނީ މި ފެބްރުއަރީ މަހު 1ގައި ނެރުނު ސާރކިއުލަރ އެއްގައެވެ. އެސަރކިއުލަރ ވަނީ ރާއްޖޭގެ ހުރިހާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީކައުންސިލް ތަކުގެ އިތުރުން ކްލަބް ޖަމްއިއްޔާތަކަށް ވެސ ްފޮނުއްވާފައި ކަމަށް ވެއެވެ.

ގާނޫނު ނަމްބަރު 6/1994 ގައި ވާ ގޮތުން ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި ދިނީ ޝިއާރު ފާޅުކުރުމުގެ ބެލެނި ވެރި ފަރާތަކީ އިސްލާމިކު މިނިސްޓްރީ ކަމަށް އެސާރކިއުލާގައި ބަޔާންކުރައްވާފައި ވެއެވެ. އަދި ދީނީ ނަސޭހަތް ދެއްވަން ވާނީ އެ މިނިސްޓރީން ހުއްދަ ނަގައިގެން ކަމަށް ސާކިއުލަރގައި އެވެ.

ނަމަވެސް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ދީނީ ދަރުސު ދިނުމަށް ވަކިބަޔެއްގެ ހުއްދަ ނަގާކަށް ނުޖެހެއެވެ. އިސްލާމް ދީން އުނގަންނައި ދިނުމާއި އެ ދީން ފެތުރުމަށް މަސައްކަތް ކުރުމަށް ވަކި ބަޔެއްގެ ހުއްދަ އަށް މަޑުކޮށްގެން ތިބެން ޖެހިގެން ނުވާނެކަމަށެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !