26 އެޕްރީލް 2018 (ބުރާސްފަތި)


ދާދި ދެންމެއަކު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތުު އިޢުލާކްކޮށްފި

މިއަދު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާން ކުރައްވައިފި

މިއަދު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާން ކުރައްވައިފި

ދާދި ދެންމެއަކު ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރައްވައިފިއެވެ. ފާއިތުވި ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމާއި ގުޅިގެން އުފެދުނު ނުތަނަވަސް ކަމުގައި ރައީސް ޔާމީނުގެ ސަރުކާރުން މިވަނީ 15 ދުވަހަށް މާލެއާއި އެހެން ބައެއް ތަންތަނުގައި (ހާމަކުރެވިފައި ނުވާ) ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރައްވާފައެވެ. 

ގާނޫނީ ފަރާތްތަކުން ހާމަކުރާ ގޮތުގައި ގާނޫނު އަސާސީގައި ކުއްލި ހާލަތު ގެ މާއްދާ ގެނެސްފައި ވަނީ ވަކި ބައެއްގެ ވެރިކަން ދެމެހެއްޓުމުގެ މަފުޙޫމުގައެއް ނުންނެވެ. އެއީ ގައުމަށް ދިމާވާ ބޮޑެތި ނުރައްކާތަކުގެ ހާލަތުގައި ގައުމަށް ހަމަޖެހުމަށް ގެނެސް ދިނުމުގެ ގޮތުންނެވެ. މި އަމުރު ނެރެފައި ވަނީ ސަރުކާރު ވެއްޓެމުން ދާ ވަގުތެއްގައި ރައީސަށް ޔާމީނަށް ގޮތް ހުސްވެގެން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

މަޝްހޫރު ގާނޫނީ ވަކީލު އަި ކުރިގެ ބަންޑާރަ ނާއިބު ހުސްނުއް ސުޢޫދު ވިދާޅުވެފައި ވަނީ މިރޭ އިއުލާނުން މިކުރެވުނު "ސްޓޭޓް އޮފް އިމާރޖެންސީ" އަށް ޣާނޫނީ ހައިސއްޔަތެއް ދެވޭ އެއްވެސް ގޮތެއް ނެތް ކަމަށެވެ. 

ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކުއްލި ޙާލަތު އިއުލާން ކުރުމުގެ އެއްވެސް ހާލަތެއް މިގައުމުގައި ނެތް ކަމަށް ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދު ވެސް ވަނީ ވިދާޅުވެފައެވެ. މިއީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ކަމެއް ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 145 ވަނަ މާއްދާ - ސްޕްރީމް ކޯޓާއި ގުޅޭ މާއްދާ ވެސް ސަރުކާރުން މިވަނީ ހިފަހައްޓާފައެވެ. ސުޕްރީމް ކޯޓު ސަސްޕެންޑު ނުކުރެވޭނެ ކަމަށް ވެސް ދިޔާނާ ވދާޅުވިއެވެ.

މިއާއެކު ގާނޫނު އަސާސީގެ ބައެއް މާއްދާތަކުގެ ބާރުތައް މިވަނީ ހިފަހައޓާފައެވެ. ޚާއްސަކޮށް ރައީސުލް ޖުމްހޫރިއްޔާ މަގާމުން ވަކިކުރުމުގެ މާއްދާއާއި ވަޒީރުންގެ އިތުބާރު ނެތްކަމާއި ގުޅޭ މާއްދާހިމެނެއެވެ.

މިރޭގައި ބަންޑާރަ ނާއިބު އަނިުލް ވިދާޅުވެފައި ވަނީ ކުއްލި ހާލަތު އިއުޅން ކުރެވުނު ކަމުގައި ވިޔަސް ގައުމުގެ ކުއްލި ހާލަތުގެ ނުރައްކަލާއި ގުޅުން ނެތް މީހުންގެ އާއްމު ދިރިއުޅުމުގެ އެއްވެސް ހައްގެއް ސަރުކާރުން ނުހިފަހައްޓާނެ ކަމަށެވެ. އަދި އާއްމު ވިޔަފާރި އާއި ފަތުރުވެރިކަން އާއްމު އުސޫލުން ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!