17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

ގައުމުގެ އިސްތިގުލާލަށް ގެއްލުންވާނެ ކަމެއް ކޯލިޝަނުން ނުކުރާނެ: ޑރ.ޖަމީލް

ގައުމުގެ އިސްތިގުލާލަށް ގެއްލުންވާނެ ކަމެއް ހަތަރު ލީޑަރުން ހިމެނޭ ކޯލިޝަނުން ނުކުރާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތްކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ޓްވީޓް ކުރައްވައިފިއެވެ.

ގާނޫނު އަސާސީ އަށް ގައްދާރުވެ ޖޫޑިޝަރީ ފުޑާލާއި ފަޑީޔާރުން ރަހީނުކޮށް ރައީސް ޔާމީނު ހިންގަވާ ޖަރީމާތައް ހުއްޓުވަން ގައުމީ ސިފައިންނާއި ފުލުހުން ތެދުވަން ޖެހޭކަމަށްވެސް ޑރ. ޖަމީލްގެ ޓްވީޓްގައި ފާހަގަ ކުރައްވާފައިވެއެވެ.

ޖަމީލް މިމޭރުމުން ޓްވީޓް ކުރައްވާފައިވަނީ, ދިވެހިރާއްޖެއަށް އިންޑިއާ ސިފައިން ފޮނުުވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ ސަރުކާރަށް ގޮވާލައްވައިފި ކަމަށް ނޫސްތަކުން ރިޕޯޓްކުރައްވާފައިވަނިކޮށެވެ. އަދި އިދިކޮޅު އިއްތިހާދުން އިންޑީއާ ސިފައިން ރާއްޖެ ގެނައުމަށް ތާއީދުކުރަންމުންދާ ކަމަށް ވާހަކަ ދެކެވެމުން ދަނިކޮށް އެއަށް ރައްދު ދިނުމުގެ ގޮތުންކަމަށް ބެލެވެއެވެ.

ޖަމީލްގެ އިތުރުން ގާސިމް ވެސް ވަނީ މިލިޓަރީ އިންވެންޝަނަށް ތާއީދުނުކުރާކަން ހާމަކޮށްފައެވެ. ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ގައުމުގެ މިނިވަންކަމާއި އިސްގުލާލާއި ސިޔާދަތަށް އެއްވެސް މިންވަރަށް ބުރޫ އަރާނެ ބޭރުގެ “މިލިޓަރީ އިންޓަވެންޝަން” އަކަށް އެމަނިކުފާނާއި ޖުމްހޫރީ ޕާޓީން ބައިވެރި ނުވާނެ ކަމަށެވެ.  

banner

ކިޔުންތެރިންގެ ޚިޔާލު