A wide advertisement which will be shown on all devices. (700 x 100)

އަދީބު ދޫކޮށްލިނަމަ މަގުތައް ނާމާންވީސް: ރައީސް ޔާމީން

އަދީބު ދޫކޮށްލިނަމަ މަގުތައް ނާމާންވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ މިރޭ ނޭޝަން ފަސްޓް ނަމުގައި އަލިމަސް ކާނިވަލް ސަރަހައްދުގައި ބޭއްވި ޕީޕީއެމް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ފެބުރުއަރީ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ކުރި ހުކުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެހުކުމުގައި ދޫކުރުމަށް އަޅުގަނޑުގެ “ލޯންޗު ގޮއްވާލި މީހާ” ވެސް ހިމެނޭ ކަމަށެވެ. 

“މިފަހަރު ދޫކޮށްލަން ޖެހޭ މީހުންގެ ލިސްޓް ނެރުނުއިރު އަޅުގަނޑުމެންގެ ލޯންޗް ގޮއްވާލި މީހާ ވެސް އެބައޮތް. މިކަން ކުރި މީހުންނަށް ވެސް އެނގޭނެ އެފަދަ މީހުން ދޫކޮށްލީމާ ދެން މަގުތައް ނާމާން ވެގެން ދާނީ ކިހައި ވަރަކަށް ކަން.” އަދީބަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވިއެވެ.

ސްޕްރީމް ކޯޓުގެ 1 ފެބުރުއަރީގެ ހުކުމަކީ ބަޣާވާތެއްކަމަށް ސިފަކުރައްވަމުން ރައީސް ވިދާޅުވީ އެއްވެސް ގޮތަކުން އެމަނިކުފާނު މަގާމުން ދުރުނުކުރެވުމުން ދެން ނިންމީ އެމަނިކުފާނުގެ ޖިސްމަށް ގެއްލުން ދީގެން ވެރިކަމުން ދުރުކުރަން ކަމަށެވެ. އެހުކުމުގައި “އަޅުގަނޑުމެންގެ ލޯންޗް ގޮއްވާލި މީހާ” ގެ ނަންވެސް އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ. އަދިވެސް 150 ވަރަކަށް މިލިއަން ޑޮލަރު ގެއްލިފައިވާތީވެ، އޭނާ ދޫކޮށްލިނަމަ އެ ފައިސާ ހަރަދު ކުރެވިގެންދާނީ އެފަދަ ކަންކަމަށް ކަމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މަގުތައް ނާމާންވެގެން ދާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން ރައީސް ނުސީދާކޮށް ވިދާޅުވީ އަދީބު ދޫކޮށްލަން ލޯންޗަށްވެސް އެރުވި ކަމަށެވެ. “އެބޭފުޅަކު ދޫކޮށްލަން ލޯންޗަށް ވެސް ލި ކަން އަޅުގަނޑު ދެނަހުރިން. އެހެންނަމަވެސް އަނެއްކާވެސް ސަލާމަތީ ބާރުތަކުން އެބޭފުޅާ ހުންނަން ޖެހޭނީ ކޮށްޓެއްގައި ކަމަށް ގަބޫލު ކުރެވޭތީ ކޮށްޓަށްލީ” ރައީސް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް އެންމެ ބޮޑަށް ފާޑުވިދާޅުވީ އެމަނިކުފާނު ސިޔާސީ ދާއިރާއަށް ނެރެދެއްވި އެއްބައްޕާފުޅު ބޭބޭފުޅު ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމަށެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !