A wide advertisement which will be shown on all devices. (700 x 100)

ޖަމީލް، މަލީހު އަދި މަނިކު ޖޭޕީއަށް ސޮއިކޮށްފި

ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި، ކުރީގެ ޔޫތު މިނިސްޓާރ މުހައްމަދު މަލީހު ޖަމާލާއި، ޑރ. ވަހީދު ސަރުކާރުގެ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އަހުމަދު (މަނިކު) ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފިއެވެ. ފުވައްމުލަކަށް ނިސްބަތްވާ މިތިން ބޭފުޅުންގެ އިތުރުން ކުރީގެ ރައީސް އޮފީހުގެ މިނިސްޓާރ އަބްދުﷲ އަމީނާއި ޑރ. ޝާހު މާހިރުވެސް ޖޭޕީއަށް ސޮއިކުރައްވައިފިއެވެ. މިބޭފުޅުން ޖޭޕީއަށް ސޮއިކުރައްވާފައިވަނީ ފެބުރުއަރީ މަހުގެ 2 ވަނަ ދުވަހު ޖަރުމަނުގެ ފްރެންކްފާޓްގައި ކަމަށް މިހާރު ނޫހުން ރިޕޯޓްކުރެއެވެ.

“ޑރ. ޖަމީލްގެ ޓީމު”ގެ ގޮތުގައި މަޝްހޫރު މި ބޭފުޅުން ވަނީ 2013 ގެ ރިޔާސީ ކެމްޕޭންގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވަޑައިގެން، ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު މާ ގިނަ ދުވަހެއް ނުވެ ސަރުކާރު ތެރޭގައި ހިނގާ ބައެއް ކަންކަމާ ހިތްހަމަޖެހިވަޑައިނުގަތުމުން، ޖަމީލް ބެހެއްޓީ އެއް ކައިރިކޮށްފަ އެވެ.  

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ދިވެހި ހުރިހާ ރައްޔިތުން ގޮވައިގެން އިންސާނިއްޔަތުކަމާއި އަދުލުގެ ތެރެއިން ފުރިހަމަ ވެރިކަމެއް ކޮށްދެވޭނެ ބޭފުޅަކަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށް، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު މިރޭ ވިދާޅުވެއްޖެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !