A wide advertisement which will be shown on all devices. (700 x 100)

ޖަމީލާއި އުމަރު ގާސިމުގެ ޕޮލިޓިކަލް އެޑްވައިޒަރުންނަށް އައްޔަންކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރުންގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އައްޔަންކޮށްފިއެވެ. ގާސިމުގެ ޕޮލިޓިކަލް އެޑްވައިޒަރުންގެ ގޮތުގައި މިދެބޭފުޅުން އައްޔަންކުރިކަން ހާމަކޮށްފައިވަނީ މިރޭ ވީޓީވީ އަށް ގާސިމް ދެއްވި އިއްޓަވިއުއެއްގައެވެ.

ގާސިމް އިބްރާހިމް ވީޓީވީއަށް އިންޓަވިއުއެއް ދެއްވާފައި މިވަނީ ކުރީގެ ވަޒީރުންތަކެއް ޖޭޕީއަށް ސޮއިކުރެއްވުމަށްފަހުގައެވެ. ކުރީގެ ނާއިބު ރައީސްގެ އިތުރުން ކުރީގެ ޔޫތު މިނިސްޓާރ މުހައްމަދު މަލީހު ޖަމާލާއި، ޑރ. ވަހީދު ސަރުކާރުގެ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އަހުމަދު (މަނިކު) އާއި ކުރީގެ ރައީސް އޮފީހުގެ މިނިސްޓާރ އަބްދުﷲ އަމީނާއި ޑރ. ޝާހު މާހިރުވެސް ޖޭޕީއަށް ވަނީ ސޮއިކުރައްވާފައެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމޭނެ ދުވަހެއް އަންނާނެ ކަމަށާއި ފުލުހުންނާ ސިފައިން ނުކުމެ އެމަނިކުފާނު ހައްޔަރުކުރުމަށް ގޮވާލައްވާ ކަމަށްވެސް މިރޭގެ އިންޓަވިއުގައި ގާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ރައީސް ޔާމީން އަޒުލު ކުރާވަރުގެ އަދި ހައްޔަރުކުރަން ޖެހޭވަރުގެ ކަންކަން އެމަނިކުފާނު ހިންގަވައިފި ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !