ގދ. ވާދޫ ބޭރުގައި ފުޅި އަޅައިގެން އެންދަމަން އުޅުނު ފުވައްމުލަކު މަސްވެރިއަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ ފުވައްމުލަކު “ލޭޒާ4” މަސް ދޯނީގެ ފަޅުވެރިއެއް ކަމަށްވާ ލަވުލީގާޑަން އިބްރާހިމް ޝަރީފް، 32، އެވެ.
މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޝަރީފު މަރުވެފައިވަނީ ފުޅިން އޮކްސިޖަން ހުސްވެގެންނެވެ. ދޯނީގެ މީހުންނަށް އޭނާ ފެނުނީ ވެސް މަރުވެފައި އޮއްވާ ކަމަށްވެ އެވެ.
ގދ. ވާދޫ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ނައުޝާދު ވަހީދު ވެސް ވިދާޅުވީ އިބްރާހިމް އެ މަރުކަޒަށް ގެނައިއިރު ވެސް މަރުވެފައި އޮތް ކަމަށެވެ. އޭނާގެ އަނގަޔާއި ނޭފަތުން ލެ އާއި ފޮނު ފައިބާފައި ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނައުޝާދު ވިދާޅުވި ގޮތުގައި މި މަރު ތަހުގީގު ކުރުމަށް ފުލުހުންނާއި ޑޮކްޓަރުންގެ ޓީމަކުން މިހާރު ގެންދަނީ މަސައްކަތްކުރަމުންނެވެ.
+1
+1
ޚިޔާލުތައް