15 ޑިސެމްބަރ 2018 ( ހޮނިހިރު )

banner

ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލެހެއްޓުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑާއި އެކު އެއްބަސްވުމުގައި ސޮއިކުރަނީ: ފޮޓޯ އެންވަޔަރމަންޓް މިނިސްޓްރީ

ފެނާއި ނަރުދަމާ ނިޒާމު ޑިޒައިން ކުރުމަށް ރިޔަން އާއި ހަވާލުކޮށްފި

ފުވައްމުލަކުގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާ ނިޒާމު ޑިޒައިންކޮށް އަމަލީ މަސައްކަތް ކުރިއަށްދާ އިރު އެމަސައްކަތް ބެލެހެއްޓުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ. މިއަދު މޫކައި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމް ޑިޒައިންކޮށް އަމަލީ މަސައްކަތް ބެލެހެއްޓުމަށް ރިޔަން އާއި ހަވާލުކޮށްފައި ވަނީ 6.4 މިިލިއަން ރުފިޔާ އަށެވެ.

އެ ޕްރޮޖެކްޓުގެ ޑިޒައިން ކުރުމުގެ މަސައްކަތް އަންނަ އޮގަސްޓް މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކޮށްފައިވާ އިރު، މަސައްކަތް އެއްކޮށް ނިންމުމަށް ކަނޑައަޅާފައި ވަނީ ދެ އަހަރު ދުވަހުގެ ތެރޭގަ އެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، ފުވައްމުލަކުގައި ގާއިމްކުރަން ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ ނިޒާމަކީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ދިގު އިންތިޒާރެއް ކުރަމުން އައި ކަމެއް ކަމަށެވެ.

އެންވަޔަރ މިނިސްޓްރީ އިން ވިދާޅުވީ މި މަޝްރޫއުގެ ޑިޒައިން އެންޑް ސުޕަރވިޝަން މަސައްކަތް ކާމިޔާބު ކުރި ފަރާތް ކަމުގައިވާ ރިޔަން ޕްރައިވެޓް ލިމިޓެޑް އިން ހުށަހަޅާފައިވާ ޖުމްލަ އަގަކީ 6,413,332.2 ރުފިޔާއެވެ. މި މަޝްރޫޢު ޑިޒައިން އެންޑް ސުޕަރވިޝަން މަސައްކަތް ނިންމުމަށް އެފަރާތުން ހުށަހަޅުއްވާފައިވާ މުއްދަތަކަކީ ސޮއިކުރާ ތާރީޚުން ފެށިގެން 24 މަސް ދުވަހެވެ.

މި ޕްރޮޖެކްޓަކީ، ކުވެއިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑެވެލޮޕްމަންޓުގެ ލޯން އެހީގެ ދަށުން 174 މިލިއަން ރުފިޔާ އާއި ސަރުކާރުގެ ބަޖެޓުން 57 މިލިއަން ރުފިޔާއާ އެކު ޖުމްލަ 231 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމްކުރާ ނިޒާމެކެވެ.

banner

ކިޔުންތެރިންގެ ޚިޔާލު