19 ޖޫން 2018 (އަންގާރަ)


ހޯދަޑު ޕީޕީއެމް ބައްދަލުވުމެއް މިރޭ ބާއްވަނީ - ކޭ ހަސަން

ޕީޕީއެމް އިން ހޮވާލެފުން ކޮންމެ އަވަށެެއްގެ ފޯކަލް ޕޮއިންޓުން.  ފޮޓޯ: އަސްލު ނޭގޭ

ޕީޕީއެމް އިން ހޮވާލެފުން ކޮންމެ އަވަށެެއްގެ ފޯކަލް ޕޮއިންޓުން. ފޮޓޯ: އަސްލު ނޭގޭ

ހޯދަޑު އަށަވުގެ ޕީޕީއެމް މެންބަރުންގެ އާއްމު ބައްދަލުވުމެއް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މިކަލް ނޫހަށް މައުލޫމާމާތު ދެއްވަމުން ޕީޕީއެމް ހޯދަޑު ފޯކަލް ޕޮއިންޓް ހަސަން އަބްދުއްﷲ (ކޭ-ހަސަން) ހާމަކުރެއްވި ގޮތުގައި މިރޭގެ ބައްދަލުވުމަކީ ކެމްޕޭން ހަރަކާތްތަކަށް މަޝްވަރާކުރުމުގެ ގޮތުން އާއްމު މެންބަރުންގެ ޚިޔާލު ހޯދުމަށް ބައްވާ ބައްދަލުވުމެކެވެ.

މިރޭގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ހޯދަޑު ވަލިބުރީ ސަރައްދުގެ "ޑިމާންޑް" ގައެވެ. ޕީޕީއެމް ހޯދަޑުގެ އިސް ހަރަކާތްތެރިންގެ ބައްދަލުވުމެއް މީގެ ކުރިން  ބައްވާފައިވާ ކަމަށް ކޭ ހަސަން މައުލޫމާތު ދެއްވިއެވެ.

ރައީސް ޔާމީނަށް ކެމްޕޭން ކުރުމަށް ދާދި ފަހުން ފުވައްމުލަކުގައި ކޯޓީމެއް އެކުލަވާލާފައި ވެއެވެ. މި ޓީމުގައި އެކި އަވަށް ތަކުން ޕީޕީއެމް ހަރަކާތްތަކުގައި އިސްވެ އުޅުއްވާ 21 ފަރާތެއް ހިމެނޭ ކަމަށް ކޭ ހަސަން މައުލޫމާތު ދެއްވިއެވެ. މި 21 ފަރާތުގެ ތެރެއިން ކޮންމެ އަވަށެއްގައި ވެސް އެންމެ އިސް ފަރާތެއްގެ ގޮތުގައި ވަކި ފޯކަލް ޕޮއިންޓެއް ހޮވާފައި ވަނީ ސިއްރު ވޯޓުންނެވެ. 

އެގޮތުން ހޯދަޑު އަވަށުން ވާދަކުރީ ރަމީޒު އާއި ކޭ ހަސަނެވެ. ވަރަށް ވާދަވެރިކޮށް ހޯދަޑުގެ ފޯކަލް ޕޮއިންޓަކަށް ހޮވިފައި ވަނީ ކޭ ހަސަން އެވެ.

މާދަޑުގެ ފޯކަލް ޕޮއިންޓަކީ ޚަދީޖާ އަޙުމަދު (ކައްރާ) އެވެ. ދިގުވާޑުން އަޙުމަދު ސަޢީދު ޗާންދަނީގެ އާއި ދަޑިމަގުން ނިޒާރު އެވެ. މީގެ އިތުރުން މިސްކިތްމަގުން ފަރުޒާދު އާއި މާލެ ގަމުން އަޙުމަދު އަބްދުﷲ (ވިންޗު) ތަށިމުށީގެ އާއި ފުނާޑުން އަޙުމަދު - ރަތަމަލާނާ އާއި ދޫނޑިގަމުން އަބްދުއްﷲ އަލީ (ކަޅުފެހި) އެވެ.

ޕީޕީއެމް ފުވައްމުލަކުގައި އެކުލަވާލެވުނު ފޯކަލް ޕޮއިންޓް ތަކާއި މެދު އެޕާޓީގެ ބައެއް އެކްޓިވިސްޓުންގެ ޚިޔާލު ތަފާތުވެ ފާޑު ކިޔުންތައް ވަނީ ކޯޓީމުގެ މެންބަރުންނަށް އަމާޒުކުރަން ފަށާފައެވެ.

ފުވައްމުލަކަކީ ޕީޕީއެމަށް ބޮޑު ތާއީދެއް ފާއިތުވި އިންތިޚާބުތަކުގައި ލިބިފައިވާ ހަމައެކަނީ ސިޓީކެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!