A wide advertisement which will be shown on all devices. (700 x 100)

ސަރުކާރު ވައްޓާލަން މެލޭޝިއާގައި ރޭވި – ފަހުމީ

ސަރުކާރު ވައްޓާލުމުގެ ބައެއް މަސައްކަތްތައް މެލޭޝިޔާގައި ކޮށްފައިވާ ކަމުގެ މައުލޫމާތު މެލޭޝިއާގެ އޮފިޝަލުން ދިވެހި ސަފީރު މުހައްމަދު ފަހުމީ ހަސަން އަށް ދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ އާރިފް ވިދާޅުވީ، މި މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން އަމުރެއް ނެރެ، ގެންނަން އުޅުނު “ބަޣާވާތު”ގެ މަސައްކަތް މެލޭޝިޔާގައި ވެސް ކުރި ކަމަށް ސަފީރު މިރޭ މެސެޖް ކުރައްވައި ވިދާޅުވި ކަމަށެވެ.

އެ މައުލޫމާތު ފަހުމީއަށް ލިބިވަޑައިގެންނެވީ މެލޭޝިޔާގެ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންތަކަކާއެކު މިރޭ ބޭއްވި ބައްދަލުވުމެއްގައި ކަމަށާއި އެހެންވެ، އެ މައުލޫމާތުތައް ހޯދުމަށް މެލޭޝިޔާގެ ސަރުކާރުގައި ދިވެހި ސަރުކާރުގެ ފަރާތުން ފަހުމީ އެދިވަޑައިގެންނެވި ކަމަށް ވެސް އަލީ އާރިފް ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވި ގޮތުން، އެ މައުލޫމާތުތައް ވީ އެންމެ އަވަހަކަށް ދޭނެ ކަމަށް މެލޭޝިޔާގެ ސަރުކާރުން ބުނި،” އޭނާ ވިދާޅުވި އެވެ.  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !