16 ނޮވެމްބަރ 2018 ( ހުކުރު )

banner

ޖޫނިއާ އެތުލެޓިކްސްގައި ފުވައްމުލަކު ސްކޫލްތަކުން މިފަހަރު ބައިވެރިނުވޭ

އަންނަ މަހުގެ 26 އިން 29 އަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބާއްވާ މަކީޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ޖޫނިއާ އެތުލެޓިކްސްގެ އެންމެ ކާމިޔާބު ރަށްކަމަށްވާ ފުވައްމުލަކުގެ ސްކޫލްތަކުން މިފަހަރު ބައިވެރިނުވެއެވެ. ށ.މިލަންދޫގައި ކުރިއަށްދާ މިމުބާރާތުގައި ބައިވެރިވެފައިވަނީ ރާއްޖޭގެ 16 ސްކޫލަކުންނާއި  9 ކްލަބަކުންނެވެ. 

މި މުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެން އުމުރުފުރާގައި 19 ޓީމު ބައިވެރިވެފައިވާއިރު އަންހެން އުމުރުފުރާގައި 18 ޓީމު ވަނީ ބައިވެރިވެފަ އެވެ. މީގެ އިތުރުން 15 އަހަރުން ދަށުގެ ފިރިހެން އުމުރުފުރާގައި 20 ޓީމު އަދި އަންހެން އުމުރުފުރާގައި 17 ޓީމު ވަނީ ބައިވެރިވެފަ އެވެ. ދެން ހިމެނޭ 17 އަހަރުން ދަށުގެ އުމުރުފުރާގައި ފިރިހެން 17 ޓީމު އަދި އަންހެން 14 ޓީމު ވެސް ވަނީ ބައިވެރިވެފަ އެވެ.  

މި މުބާރާތް އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރު އައްޑޫ ސިޓީގަ އެވެ. ފިރިހެން ބައިގެ ޗެމްޕިއަންކަން ޏ. އަތޮޅު ތައުލީމީ މަރުކަޒު ހޯދިއިރު އަންހެން ޗެމްޕިއަންކަން ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒެވެ.

މުބާރާތުގެ އަންހެން އަދި ފިރިހެން ޗެމްޕިއަން ޓީމަށް 7000ރ.، ދެ ވަނަ ޓީމަށް 5000ރ. އަދި ތިން ވަނަ ޓީމަށް 3000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

banner

ކިޔުންތެރިންގެ ޚިޔާލު