16 ނޮވެމްބަރ 2018 ( ހުކުރު )

banner

ފަރުކޮއެ ޕްރޮގްރާމުގެ ދަރިވަރުން ފުވައްމުލަކު ޑައިވް ސްކޫލުގައި. ފޮޓޯ: ޏ.އޭއީސީ

‘ފަރުކޮއެ” ޕްރޮގްރާމްގެ ދަރިވަރުން ފުވައްމުލަކު ޑައިވް ސޫލަށް…

މިއަދު ހެނދުނު ޏ.އޭއީސީގައި ފެށި “ފަރުކޮއެ” ޕްރޮގްރާމުގެ ދަރިވަރުން ފުވައްމުލަކު ޑައިވް ސްކޫލަށް ޒިޔާރަތް ކޮށްފިއެވެ. މިއަދު ހަވީރު ޏ.އޭއީސީގެ 30 އަށް ވުރެ ގިނަ ދަރިވަރުންނަށް ބައިވެރިވި މިޒިޔާރަތުގައި ފުވައްމުލަކު ޑައިވް ސްކޫލުން، އެކުދިންނަށް މައުލޫމާތު ދެއްވީ ޑައިވް އިންސްޓަރަކްޓަރ އަދި އެ ސްކޫލުގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައީދުއާއި އެހެން ބައެއް ޑިއިވް އިންސްޓްރަކްޓަރުންނެވެ.

ފަރުކޮއި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ސްކޫލުތަކުގެ ދަރިވަރުންނަށް މޫދާއި، މޫދު ކުޅިވަރާއި އަދިވެސް ކަނޑާއި ގުޅޭ ތަފާތު ކަންކަމަށް އަހުލުވެރި ކުރުވުމުގެ ގޮތުން ހިންގާ ޕްރޮގްރާމެއް ކަމަށް މައުލޫމާތު ލިބެއެެވެ.

ވޮލަންޓަރީކޮށް ދަރިވަރުންނަށް ބައިވެރިވެވޭ މި ޕްރޮގްރާމަކީ ރާއްޖޭގެ ވަރަށް ގިނަ ސްކޫލްތަކެއްގައި މިހާރު ފަށައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. މިއީ ސްކޫލްތަކުގެ ގިނަ ދަރިވަރުންނަށް އަމާޒުކުރެވިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

މިއަދުގެ ހަރަކާތުގައި ދަރިވަރުންނަށް ފެތުމާއި، ޑައިވް ކުރުމާއި ގުޅޭ ގޮތުން މައުލޫތު ދެވުނު ކަމަށް ޑައިވް ސްކޫލުން ހާމަކުރެއެވެ.

މިއަދުގެ ހަރަކާތަށް ފުވައްމުލަކު ޑައިވް ސްކޫލުން ދިން ފުރިހަމަ އެއްބާރުލުން ޏ.އޭއީސީގެ ފަރާތުން ޝުކުރުވެރި ކަމާއެކު ފާހަގަ ކުރެއެވެ. ޑަައިވް ސްކޫލުން ހާމަކޮސްފައިވަނީ މިޕްރޮގްރާމް ގައިބައިވެރިވުމަކީ އެ ޑައިވް ސްކޫލަށް ލިބުނު ފަޚުރެއްކަމަށެވެ. 

ފުވައްމުލަކު ޑައިވް ސްކޫލަކީ ކޮމާޝަލް ފެންވަރެއްގައި ގެސްޓުންނާއި ދިވެހިންނަށް ވެސް އަމާޒުކުރެވިގެން، ޑައިވިން ދަސްކޮށް ދިނުމާއި، ޕޮރޮފެޝަނަލް ޑައިވިން ގައިޑްކޮށް ދިނުމުގެ ޚިދުމަތް ދޭ އަމިއްލަ އިދާރާއެކެވެ. 

banner

ކިޔުންތެރިންގެ ޚިޔާލު