20 ނޮވެމްބަރ 2018 ( އަންގާރަ )

banner

ޏ.އޭއީސީއަށް ގިނ ދުވަސްތަކެގައި ޚިދުމަތްކުރެއްވި މިސްޓަރ ޖައިވަރުދަނާ މާރޗް 1 ގައި ނިޔާވެއްޖެ.

ޏ.އޭއީސީއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ޖައިވަރުދަނާ ނިޔާވެއްޖެ.

ޏ.އަތޮޅު ތަޢުލީމީ މަރުކަޒަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްތަ ކުރެއްވި ޓީޗަރެއް ކަމަށްވާ މިސްޓަރ ޕީ.ޑީ. ޑަބްލިޔު ޖައިވަރުދަނާ ވަނީ މި މާރިޗު މަހު 1 ވަނަ ދުވަހު ކޮޅުބުގައި ނިޔާވެފައެވެ. މިސްޓަރ ޖައިވަރުދަނާ އަކީ ފުވައްމުލަކުގެ ތައުލީމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޖައިވަރުދަނާ ކިޔަވައިދެއްވީ ފިޝަރީޒް ސައިންސާއި ބައިލޮޖީއެވެ.

ޏ.އޭއީސީގައި ސެކަންޑަރީ ތައުލީމު ފެށި އަހަރު (1989) އެ މަރުކަޒާއި ގުޅުނު މިސްޓަރ ޖައިވަރދަނާއަކީ ސްރީ ލަންކާގެ މުދައްރިސެކެވެ. ފަހުން ޏ.އޭއީސީގެ ސްޕައިޒަރުގެ މަގާމު ވެސް އޭނާ އަދާކުރައްވާފައި ވެއެވެ. 

މިސްޓަރ ޖައިވަރު ދަނާގެ ދުވަސްވަރު، ގިނަ ދަރިވަރުން ތަކެއްގެ އެންމެ މަގުބޫލު ޓީޗަރަކީ ވެސް އޭނާއެވެ. އޭނާ އަކީ ދަރިވަރުންނާއި ވަރަށް އެކުވެރި ގުޅުމެއް ބާއްވާ، ދަރިވަރުން ޝައުގުވެރި ކުރުވާ، މަޖާ ގޮތަކަށް އެދުވަސްވަރު ކްލާސްތައް ކުރިޔަށް ގެންދެވި މަދު ބޭފުޅުންގެ ތެރެއިން ބޭފުޅެއްކަމަށް އޭނާގެ ދަރިވަރުން ހާމަކުރެއެވެ.

އޭނާގެ މައްދާއާއި ގުޅިގެން ސްނޯކެލިން އަށް ދަރިަރުން ގެންދިއުމާއި، ފިޝަރީޒް ސައިންސް ދަތުރުތަކުގައި ދަރިވަރުންނާއެކު އެހެން ރަށްރަށަށް، މަސްކިރާ ބޯޓުފަހަރަށް ދިއުން ގިނަ ދަރިވަރުން ބަލައިގަތީ މިސްޓަރ ޖައިވަރުދަނާގެ އޯގާތެރިކަމާއި ހިތްހެޔޮކަން ހިތުގައި ބިންވަޅުނެގުމަށެވެ. 

އެއިރު ޏ.އޭއީސީގެ އެންމެ ގިނަ ދަރިވަރުން ބައިވެރިވާ ހަރަކާތް ކަމަށްވާ ސްޕޯރޓްސް މީޓުން އަބަދުވެސް މިސްޓަރ ޖައިވަރުދަނާގެ އެނައުންސްމެންޓްތައް އިވިގެން ދިޔައެވެ. އަދި މިހާރުވެސް ކުރީގެ ގިނަ ދަރިވަރުންތަކެއްގެ ހިތުގައި އެއަޑު ހަރުލާވާކަމަށް ބުނެއެވެ. 

ގިނަ ދުވަސްތަކެއް ވަންދެން ފުވައްމުލަކުގައި ޚިދުމަތް ކުރެއްވުމަށް ފަހު މިސްޓަރ ޖައިވަރުދަނާ ވަނީ އަމިއްލަ ގައުމަށް ވަޑއިގެންފައެވެ. ސްރީލަންކާގައި އޭނާ ވަނީ ފަހުން ވިދުރާ ކޮލެޖުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު ވެސް އަދާކުރައްވާފައެވެ.

މިސްޓަރ ޖައިވަރުދަނާގެ ވަކިވެދިއުން ޏ.އޭއީސީގެ ކުރީގެ ދަރިވަރުން ވަރަށް ހިތާމައާއި އެކު ފާހަގަ ކުރެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު