A wide advertisement which will be shown on all devices. (700 x 100)

ފައިސަލް ފައުންޑޭޝަނުން މެޑިކަލް ކޭމްޕެއް ބާއްވަނީ

ފައިސަލް ފައިންޑޭޝަނުން ބާއްވާ މެޑިކަލް ކޭމްޕުގެ ޕޯސްޓަރެއް

ފައިސަލް ފައުނޑޭޝަނުގެ ފަރާތުން ފުވައްމުލަކުގައި މެޑިކަލް ކޭމްޕެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. މި މެޑިކަލް ކޭމްޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިހަފުތާ ބަންދުގައި (16-17 މާރޗް 2018ގައި) ފުވައްމުލަކު މަހަލްދީބު މެޑިކަލް ސެންޓަރުގައި އެވެ. މިކޭމްޕްގައި  ކެންސަރު ބައްޔަށް ސްކްރީން ކުރުމާއި ދަތުގެ ކޮންސަލްޓޭޝަން ދިނުމާއި، ކުޑަކުދިންގެ ޚައްސަ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ވެސް މުޅިން ހިލޭ ހަމަޖެހިފަިއވާ ކަމަށް މައުލުމާތު ލިބެއެވެ. 

ދެ ދުވަހަށް ދެމިގެން ދާ މިހަރަކާތުގައި ކެންސަރ ސޮސައިޓީއާއި ގުޅިގެން ކެންސަރުބައްޔަށް ސްކްރީން ކުރެވޭއިރު، މާސްޓަރ ޑެންޓަލްސް ސެންޓަރާއި ގުޅިގެން ޑެންޓަލް ކޮންސަލްޓޭޝަން ދިނުމާއި ކުޑަކުދިންގެ ޚާއްސަޑޮކްޓަރ ޑރ. އަބަދުﷲ އަފީފު ކޮންސަލްޓޭޝަން ދެއްވުން ވެސް ހިމެނެއެވެ. 

މި ހަރަކާތުން ޚިދުމަތަށް ލިބިގަތުމަށް އެދޭ ފަރާތްތަކުން 7377982 ނަމްބަރާއި ގުޅުއްވައި އެޕޮއިންޓް މެންޓް ހެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި މެޑިކަލް ކޭމްޕާއި ގުޅޭ އިތުރު މަޢުލޫމާތު 7259903 ން ދިނުމަށް ވަނީ ހަމަޖެހިފައެވެ. 

ކާށިދޫ ދާއިރާމެ މަޖުލިސް މެންބަރު ފައިސަލް ނަސީމަކީ އިޖުތިމާއީ ދާއިރާގައި ގިނަގުނަ ހަރަކާތްތަކެއް ހިންގައުމް އަންނަ ނަމޫނާ މަޖުލިސް މެންބަރެކެވެ. އޭނާގެ ފައިސަލް ފައުންޑޭޝަނުން، އޭނާ ރައްޔިތުންގެ މަޖުލީހުގައި ތަމްސީލުކުރައްވާ ދާއިރާގައި މިފަދަ އެތަކެއް މެޑިކަލް ކޭމްޕެއް ބާއްވައި ރައްޔިތުން ވަނީ ހެއްވާލާފައެވެ.

ފައިސަލް ނަސީމު އުފަންރަށް ކަމަށްވާ ފުވައްމުލަކަށް ވެސް ތަފާތު ދާއިރާތަކުން އޭނާގެ ޚިދުތް ލިބެމުން އަންނީ އިއްޔެއަކު މިއަދަކު އެކަންޏެއް ނޫނެވެ. ރައްޔިތުންގެ ޚާއްސަ މަޖުލީހުގެ ފުވައްމުލަކު ގޮނޑިއަށް ފައިސަލު ހޮވުނު ބަޑު އަޣުލަބިއްޔަތަކީ ފުވައްމުލަކުގެ ގިނަރައްޔިތުންގެ ލޯބި ފައިސަލަށް މާ ކުރިން ވެސް ލިބިފަިއވާ ކަމުގެ އަލިގަދަ ހެއްކެކެވެ.   

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !