17 އޮކްޓޯބަރ 2018 ( ބުދަ )

banner

މެމްބަރުންގެ ގޮޑީ ގެއްލޭ ބިލުފާސްކުރަން ބޭއްވި ޖަލްސާގައި އަލީ ފަޒާދު ބައިވެރިނުވޭ

ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ބިލާއި ފަނޑިޔާރުން ވަކި ކުރެވޭ ގޮތަށް ހެދުމަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު އެޖަލްސާގައި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ބައިވެރިވެވަޑައިގަނުގަންނަވައެވެ.

ޕީޕީއެމް ކޯލިޝަން ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި އެންޓިޑިފެކްޝަން ބިލު ފާސްކޮށްފައިވަނީ 36 މެމްބަރުންގެ ވޯޓުންނެވެ. މިވޯޓުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވޯޓުގައި ވައިވެރިވެވަޑައިނުގަންނަވައެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު މިޖަލްސާއަށް ވަޑައިނުގަންނަވައެވެ. ބައެއް މީޑިއާތަކުން ރިޕޯޓް ކުރާގޮތުގައި އަލީ ފަޒާދު މިވަގުތު ހުންނެވީވެސް ރާއްޖޭގައެވެ. މިޖަލްސާގެ އިތުރުން މިބިލު ބަލައިގަތުމަށް މިދިޔަ ހޯމަދުވަހު ބޭއްވި ޖަލްސާގައިވެސް އަލީ ފަޒާދު ވޯޓުދެއްވާފައެއްނުވެއެވެ. އެދުވަހުގެ ޖަލްސާއަށް އަލީ ފަޒާދު ވަޑައިގެންނެވިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރެއެވެ.

ނަމަވެސް، ރައީސް ޔާމީނުގެ ކެމްޕެއިނަށް ފުވައްމުލަކުން ހޮވާލި ކޯޓީމުގައި އަލީ ފަޒާދު ބޭބެ ފަރުޒާދު ހިމެނެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު