A wide advertisement which will be shown on all devices. (700 x 100)

ރައީސް ޔާމީނުގެ އެކަންޓަށްވަން ފައިސާ ރައީސް ވަނީ ނަންގަވާފައި: އަލީ ޒާހިރު

އެރ

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފުން ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާ ކުރި އެއް މިލިއަން ޑޮލަރު އެމަނިކުފާނު ނަންގަވާފައިވާ ކަމަށް އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. އަލީ ޒާހިރު މިހެން ވިދާޅުވެ ކުރެއްވި ޓްވީޓްގައި ވަނީ ރައީސް ޔާމީނުގެ ބޭންކް ސްޓޭޓްމެންޓެއް އޭސީސީގައި އޮންނާނެކަމަށާއި އޭސީސީއިން އެފައިސާ ދައުލަތާއި ހަވާލުކުރުމަށް އަންގަވާފައިވާ ކަމަށްވެސް ބަޔާންކުރައްވާފައެވެ. 

އަލީ ޒާހިރު އެހެން ވިދާޅުވި އިރު ޕީޕީއެމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ އެ ފައިސާ ރައީސް ޔާމީން ބޭނުން ނުކުރައްވާ ކަމަށާއި އެފައިސާތައް އޭސީސީގެ ބެލުމުގެ ދަށުގައި ހުންނާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭސީސީގެ މެންބަރަކު ވަނީ ބައެއް މީޑިއާތަކުގައި އެކަން ދޮގު ކުރައްވާފައެވެ.

ނިހާން ވިދާޅުވީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް އެއްމިލިޔަން ޑޮލަރު ޖަމާ ކުރީ ކީއްވެގެން ކަމެއް އަދި އެއީ އެސްއޯއެފްގެ ލާރިކަން ވެސް އޭސީސީން އެމަނިކުފާނާ ސުވާލު ކުރުމާ ހަމައަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.

ނިހާން ވިދާޅުވީ އޭސީސީން ސުވާލު ކުރި ހިސާބުން ފެށިގެން އެ ފައިސާތައް ބަހައްޓާފައިވާ ކަމަށާއި އޭސީސީން އެ ވާހަކަ އެމަނިކުފާނަށް ދެންނެވި ހިސާބުން އެ ފައިސާއަށް ހިފަހައްޓަން އެންގެވި ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !