15 ޑިސެމްބަރ 2018 ( ހޮނިހިރު )

banner

މަޖުލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކަމިޝަނުން ނިންމާފައިވާ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު

މަޖުލީހުގައި ވޯޓުލަނީ މިނިވަންކަމާއެކު ނޫން – ޝާހު

ރައްޔިތުންގެ މަޖުލީހުގައި މެންބަރުން މިހާރު ވޯޓު ލަމުންދަނީ މިނިވަންކަމާއި އެކު ނޫން ކަމަށް ދޭހަވާ ގޮތަށް، ރައްޔުތިންގެ މަޖުލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑިން ގަދަބާރުން ދުރުކޮށްފައިވާ އަލީޝާހު ވިދާޅުވެއްޖެއެވެ. ޝާހު މިހެން ވިދާޅުވީ ނިމުމު ހަފުތާގައި އެންޓި-ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނާށް ބަދަލު ގެނައުމަށް ފާސްކުރި މަޖުލީހުގެ ޖަލްސާގައި މެންބަރުން ވޯޓު ދިންގޮތާއި ގުޅުވައިގެންނެވެ.

މިކަމަށް އިޝާރާތްކޮށް ޝާހު ކުރި ޓްވީޓެއްގައި ވަނީ އެންޓި-ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނާށް ބަދަލު ގެނައުމަށް ވޯޓުލާން މަޖުލީހުގެ ޗެމްބަރަށް ވަދެތިބި ބައެއް މަޖުލީސް މެންބަރުން ވިދާޅުވެފައި ވަނީ “މިސްކިތެއް ތަޅާލަން ވެސް އެންމެން ދަންޏާ ކިހިނެތް ހޭ ނުގޮސް ތިބެވޭނީ. ނޫނީ ކަތިލާނީ މަށޭ!” ކަމަށެވެ.

ޝާހު އިތުރަށް ވިދާޅުވެފައި ވަނީ މިހާ ހިސާބަށް މަޖުލިސް މެންބަރުންގެ ވިސްނުން ދިޔާމަ ދެން އެ ކުރެވޭނީ ވަރަށް ބޮޑު ޖިހާދެއް ކަމަށް އެ މެންބަރުންނަށް ހިވާ ކަމަށެވެ.

ޝާހުގެ މި ވާހަކައިން ދޭހަވަނީ މަޖުލީހުގައި ތިބި ބައެއް މެންބަރުން ވޯޓުލަމުން ދަނީ އެމީހުންގެ އަމިއްލަ އިޚުތިޔާރުގައި ނޫން ކަމަށާއި ވަކިފަރާތެއްގެ އޯޑަރާއި ޚިލާފަށް ވޯޓު ލައިފިއްޔާ އެމީހުންނަށް ސަލާމަތްކަމެއް ނެތް ކަމަށް ހީކޮށް ބިރުން ކަމަށެވެ.

މަޖުލީހުގައި އެންޓި-ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނާށް ބަދަލު ގެނައުމަށް ނެގުނު ވޯޓުގައި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީޝާހު އާއި މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވޯޓުގައި ބޯޓުގައި ބައިވެރިވުމަށް މަޖުލީހުގެ ޗެމްބަރަށް ވަދެ ވަޑައެއް ނުގަންނަވައެވެ. ނަމަވެސް މަޖުލީހުގެ ރިޔާސަތު ބެލެހެއްޓެވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މަސީހުއެވެ.

އުތުރު ދާއިރާގެ މެންބަރު އަލީ ޝާހުއަށް މަޖުލީހަށް ނުވަދެވޭ ގޮތަށް ސަރުކާރުން ވަނީ ހުއްޓުވާފައެވެ. އެކަމަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު (އަލިބެ) މަޖުލީހުގެ ޖަލްސާއަށް ވަޑާއިގަން ހުންނެވި ނަމަވެސް ވޯޓު ގަޑީގައި ޗެމްބަރަށް ވަނުމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާނު އާދޭސް ކުރުމުން ވެސް ވަދެވަޑައި ނުގެންނެވި ކަމަށް ވެއެވެ.

އަލިބެ އާއި އެހެން ބައެއް މެންބަރުން މަޖުލީހުގެ ޗެމްބަރަށް ވެއްދޭތޯ މަސީހުއާއި ނިހާނު ގުޅިގެން ވޯޓު ގަޑީގެ ރަނގަބީލަށް ފަހުވެސް، އުސޫލުތަކާއި ޚިލާފަށް ވަނީ 10 ވަރަކަށް މިނިޓަށް ވޯޓުނެގުން ލަސްކޮށްފައެވެ. ނަމަވެސް އެމީހުން ނުވަނުމުން އެންމެފަހުން ތަޅުމުގައި ހަމައެކަނި ތިބި ޕީޕީއެމް އެޑީއޭ ގެ 33 މެންބަރުންގެ ވޯޓުން ދެބިލް ވެސް ވަނީ ފާސްކޮށްފައެވެ.

މިދެބިލް ރައީސުލް ޖުމްހޫރިއްޔާ ޔާމީނު އަބްދުލްގައުޔޫމު ވަނީ ޖެހިގެން އައި ދުވަހު ތަޝްދީގު ކޮށްފައެވެ. ނަމަވެސް މިދެބިލަކީ ވެސް ގާނޫނު އަސާސާީއާއި ޚިލާފު ދެބިލްކަމަށް ބުނެ އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން ވަނީ ގާނޫނަށް އެގެނެވުނު ބަދަލު އުވާލުމަށް ސްޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު