15 ޑިސެމްބަރ 2018 ( ހޮނިހިރު )

banner

"ހުއްޓުވާ" ގެ ނަމުގައި ބާއްވާ މުޒާހަރާގެ ޕޯސްޓަރެއް

“ހުއްޓުވާ” މުޒާހަރާއަށް ނިކުންނަން ޖެހޭ ބާ؟

އިދިކޮޅު އިއްތިހާދުން ގުޅިގެން ‘ހުއްޓުވާ” ގެ ނަމުގައި ބާއްވާ ބޮޑު އެއްވުމެއް މިރޭ މާލޭގައި ބޭއްވުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. މިއީ އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާތަކުގެ ތެރެއިން ޚާއްސަ އިވެންޓެއް ކަމަށް އެފަރާތުން ދަނީ އިސްތިހާރު ކުރަމުންނެވެ. 

ނަމަވެސް ފުލުހުން ވަނީ މިމުޒާހަރާގައި ބައިވެރި ނުމުމަށް އަންގާފައެވެ. އަދި ސަރުކާރު ހިންގާ ޕީޕީއެމުން ބުނެފައި ވަނީ މިއެއްވުމުގައި ބައިވެރިވާ އެންމެނަކީ އިސްލާމް ދީނާއި ދެކޮޅު މީހުންކަމަށެވެ.

މިއަދު ހަވީރުވެސް ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރާނެކަމަށް ވަނީ އިއުލާން ކޮށްފައެވެ. ފުވައްމުލަކުގައި އިދިކޮޅު ފަރާތްތަކުން ރޭގައި ވަނީ ސަރުކާރާއި ދެކޮޅަށް އަޑުއުފުލުމަށް ޖަލްސާއެއް ބާއްވާފައެވެ. 

ސިލްސިލާކޮށް މާލެއާއި ރާއްޖޭގެ އެކަ ކަންކޮޅުތަކުގައި އަންނަނީ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. ސަރުކާރާއި ދެކޮޅު އެއްވުންތައް މުޅި ރާއްޖެގައި މިހާރު މިވަނީ އިތުރުވެފައެވެ.

ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިދޭ އަސާސީ ހައްގު ތަކުގެ ތެރޭގައި ހުއްދަ ހޯދުމެއް ނެތި އެއްވެ އުޅުމުގެ އިޚުތިޔާރު ލިބިގެން ވެއެވެ.

މާލޭގެ މަގުތަކުގައި މުޒާހަރާ ނުކުރެވޭ ގޮތަށް ސަރުކާރުން ރައްޔިތުން އޮބަހައްޓަމުން އައި އައުން ނިމުމަކަށް އައީ ނިމުނު ފެބްރުއަރީ މަހު 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު ހުކުމާއި ގުޅިގެންނެވެ. އިދިކޮޅު ސިޔާސީ އެތައްބަޔަކު ޖަލުގައި ބަންދުކޮށްގެން ސަރުކާރުން ގެންގުޅެނިކޮށް ސްޕްރީމް ކޯޓުން އެމީހުން ދޫކޮށްލުމަށް ހުކުމް ކުރުމާއެކު އިދިކޮޅު ފަރާތްތަކުން އެނިންމުން ތަންފީޒު ކުރުމަށް ސަރުކާރަށް ޕްރެޝަރު ކުރުމުގެ ގޮތުން އެއްވާން ފެށިއެވެ. އެގޮތަށް އެއްވާން ފެށި އެއްވުންތައް އަދިވެސް ދަނީ ކުރިޔަށެވެ. ސަރުކާރުން އެހުކުމް ތަންފީޒު ނުކޮށް އުއްތަމަ ފަނޑިޔާރާއި ސްޕްރީމް ކޯޓުގެ ސީނިއަރ ފަނޑިޔާރަކު ވަނީ ގަދަ ބާރުން ހައްރުކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ސަރުކާރުން ދައްކާ ބިރަކަށް ފަސްޖެހުމެއް ނެތި މުޒާހަރާތައް ކުރިޔަށް ގެންދާނެކަމަށެވެ. މުޒާހަރާތައް ހުއްޓާލާނީ ސަރުކާރުން ކާރުން ކުރާ ގާނޫނާއި ޚިލާފު އަމަލުތައް ހުއްޓާލާ ހަމަމަގަށް އެޅުމުން ކަމަށެވެ. އެގޮތުން ގާނޫނާއި ޚިލާފަށް ހައްޔަރުކޮށްފައިވާ އިދިކޮޅު މެންބަރުން ދޫކޮށްލަން ޖެހޭކަމަށެވެ.

ފުލުހުން ކަމަށް ދޭހަވާ ބަޔަކު ޔޫޓިއުބު މެދުވެރިކޮށް މިއަދު ވަނީ އިދިކޮޅު މުޒާހަރާގައި ބައިވެރިވާނެ ކަމަށް ބުނެ ވީޑިއޯއެއް އާއްމުކޮށްފައެވެ. އެވީޑިއޯގައި ބުނާ ގޮތުން ސަރުކާރުން ދަނީ ފުލުހުންގެ މައްޗަށް ޣައިރު ގާނޫނީ އަމުރުތައް ކުރަމުންނެވެ. އެމީހުނަނަށް ވެސް އަބަދަކު އެފަދަ އަމުރުތަކާއި އެއްގޮތަށް އަމަލު ނުކުރެވޭނެ ކަމަށާއި އެމީހުންނަށް ވަކި ސިޔާސީ ޕާޓީއެއް މުހިންމު ނޫންކަމަށެވެ. ފުލުހުންގެ އިދާރާ މިހާރު ވަނީ ސަރުކާރު ހިންގާ ޕީޕީއެމްގެ ޖަގަހަ އަކަށް ބަދަލުވެފައި ކަމަށް ވެސް އެ ވީޑިއޯގައި ބުނެއެވެ. 

banner

ކިޔުންތެރިންގެ ޚިޔާލު