22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

ފުވައްމުލަކު ޒުވާނުންގެ މަރުކަޒުގެ ވޮލީކޯޓް، ފޮޓޯ: ފުވައްމުލަކު އަތޮޅު ކައުންސިލް

އެރޮބިކްސް ކްލާހެއް ހެދުމަށް ފުވައްމުލަކު ޒުވާނުންގެ މަރުކަޒަށް ބަދަލު ތަކެއް ގެންނަނީ

ފުވައްމުލަކު ޒުވާނުންގެ މަރުކަޒުގައި އެރޮބިކްސް ކުލާހެއް ހެދުމަށްޓަކައި އެއިމާރާތަށް ބަދަލު ތަކެއް ގެންނަން ނިންމައި އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާއިން އިއުލާން ކޮށްފިއެވެ.

އެރޮބިކްސް ކްލާހެއް ހެދުމަށްޓަކައި ޒުވާނުންގެ މައުކަޒުގެ އިދާރާ އަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 ފެބުރުއަރީ 2015 ގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިދިޔަ އަންގާރާ ދުވަހު (3 ފެބުރުއަރީ) އެއިދާރާ އިން ކުރި އިއުލާނުގައި ބުނެފައިވެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމަށާއި އެފަދަ ފަރާތްތަކަށް މައުލޫމާތު ދިނުން ފެބުރުއަރީ 10 ވާ އަންގާރަ ދުވަހު އޮންނާނެ ކަމަށްވެސް އެއިދާރާގެ އިއުލާނުގައިވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު