20 ސެޕްޓެމްބަރ 2018 (ބުރާސްފަތި)


ރައީސް ޔާމީނާއި އެކު ތިބިކަން ދެއްކުމަށް ފުވައްމުލަކުގައި ސައިކަލު ބުރެއް

މިއަދު ރައީސް ޔާމީނަށް ތާއިދުކުރާ ފަރާތްތަކުން ކުރިޔަށް ގެންދާ ސައިކަލު ބުރު. ފޮޓޯ؛ ހަމަދު

މިއަދު ރައީސް ޔާމީނަށް ތާއިދުކުރާ ފަރާތްތަކުން ކުރިޔަށް ގެންދާ ސައިކަލު ބުރު. ފޮޓޯ؛ ހަމަދު

ސަރުކާރަށް ތާއިދުކުރާ ފުވައްމުލަކުގެ ފަރާތްތަކުން އެރަށުގެ ބޮޑެތި މަގުތަކުގައި ސައިކަލު ބުރެއް ބާއްވަމުން އެބަގެންދެއެވެ. މިސައިކަލް ބުރުގައި ޕީޕީއެމަށް ތާއިދުކުރާ ގިނަ ބަޔަކު ބައިވެރިވެފައި ވެއެވެ. މިއަދުު ހަވީރު ކުރިޔަށް ގެންދާ މިސައިކަލު ބުރުގައި ގައުމީ ދިދަ ގިނަ އަދަދަކަށް ބޭނުންކޮށްފައި ވެއެވެ.

މިއަދުގެ ފުވައްމުލަކު ބަނދަރު ސަރހައްދުން ފެށި ސައިކަލު ބުރުގައި ފުވައްމުލަކުގެ ޕީޕީއެމަށް ތާއިދު ކުރާ އަންހެނުންނާއި ފިރިހެނުން ބައިވެރިވެފައި ވެއެވެ.

މީގެ ކުރިން ފުވައްމުލަކުގައި ރައީށް ޔާމީނަށް ތާއިދުކުރުމުގެ ގޮތުން "ކައްތިރި" ނަމުގައި ޖަލްސާއެއް ބޭއްވުމުން އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން އަމާޒުކޮށްފައި ވެއެވެ. އެފަރާތްތަކުން ބުނެފައި ވަނީ ރައީސް ޔާމީނުގެ ވެރިކަން ވެއްޓޭތީ ކައްތިރި ވިއްދަން މަސައްކަތް ކުރަނީ ކަމަށެވެ. އަދި ސަރުކާރު ޕާޓީގެ މެންބަރުން ވެސް ރައީސް ޔާމީނުގެ ވެރިކަން ވެއްޓެނީ ކަމަށް ގަބޫލުކުރީ ކަމަށެވެ.

ނަމަވެސް ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ބުނަމުން ދަނީ މިވެރިކަން ނުވެއްޓެނެކަމަށާއި 2018 ގެ އިންތިޚާބު ވެސް ކާމިޔާބު ކުރާނީ ރައީސް ޔާމީނު ކަމަށެވެ. 

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!