A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ބޮޑުބަޔަކުން މާދަމާ ކަރަންޓް ކަނޑާލަނީ

ފުވައްމުލަކު އިންޖީނުގޭގެ އިންޖީނަކަށް މިދިޔަ އަހަރު ދިމާވި މައްސަލއެއް ހައްލުކުރުމަށް މުވައްޒަފުްނ މަސައްކަތް ކުރަނީ. ފޮޓޯ ފެނަކަ-ފުވައްމުލައް

ފެނަކަ ކޯޕަރޭޝަނުން ހިންގާ ފުވައްމުލަކު އިންޖީނުގޭގެ ޓްރާންސް ފޯމަރެއްގެ ސަރކިޓް ބްރޭކަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާދަމާ ފުވައްމުލަކުގެ ބޮޑުބަޔަކުން ކަރަންޓް ކެޑެންކަމަށް ފެނަކަ -ފުވައމްުލައް އިން ހާމަކޮށްފިއެވެ.

މާދަމާ 20 މާރިޗު 2018 ވާ އަންގާރަ ދުވަހު ހެންދުނު 9:00 އިން 10:30 އަށް ފުވައމްުލަކުގެ ބޮޑުބަޔަކުން ކަރަންތް ކަނޑާލަނީ ދިމާވެފައިވާ ޓެކްނިކަލް މައްސަ ހައްލު ކުރުމައްޓަކައެވެ. 

މިކަން އާއްމުކުރުމަށް އެފަރާތުން ވަނީ އާއްމު ބަޔާނެއް މިއަދު ނެރެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !