15 ޑިސެމްބަރ 2018 ( ހޮނިހިރު )

banner

ހޭޒްގެ ފަރުކޮއެ ޕްރޮގަރާމުގެ ހަރަކާތްތްކުގެ ތެރެއިން. ފޮޓޯ: ހޭޒް

ހާފިޒު އަހުމަދު ސްކޫލުގައި “ފަރުކޮއެ” ޕްރޮގްރާމް އިފްތިތާޙު ކޮށްފި

ހާފިޒު އަހުމަދު ސްކޫލު (ހޭޒް)ގައި ފަރުކޮއެ ޕްރޮގަރާމުގެ ހަރަކާތްތައް ފާއިތުވި ބުރާސްފަތި ދުވަހު ފަށައިފިއެވެ. ފަރުކޮއެ ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ ސްކޫލަތައް ހިމެނޭގޮތަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ހިންގާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގައި ދަރިވަރުން މޫދާއި ކަނޑުގެ ދިރުންތަކަށް ޝައުގުވެރި ކުރުވުމުގެ ގޮތުން ކަނޑާއި ކަނޑު އަޑީގެ ދިރުންތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދާއި ދީ މޫދާއި ކަނޑާއި ގުޅުން ހުރި ކަންތައްތަކަށް ދަރިވަރުންގެ ހޭލުންތެރިކަން އިތުރު ކުރުން ހިމެނެއެވެ. 

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ފުވައްމުލަކު ތުނޑީ ސަރަހައްދު ސާފުކުރުމާއި، ދަރިވަރުންނަށް މޫދު އަޑީގެ ދިރުންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހޯދައި ދިނުމުގެ ހަރަކަތްތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ. އެގޮތުން ހިންގުނު ހަރަކާތުގައި ފުވައްމުލަކު އެމްއެންޑީއެފާއި ފުވައްމުލަކު ފުލުހުން އަދި ފުވައްމުލަކު ވޮލަންޓިއަރސް ޖަމާއަތުގެ އެހީތެރިކަމާއެެކު މޫދުގައި ސަލާމަތީގޮތުން ކަންތައް ކުރާނެގޮތް ދަރިވަރުންނަށް ދަސްކޮށް ދިނުމާއި މޫދުގެ އަޑި ބަލާލުމަށް ސްނޯކެލިންގެ ފުރުސަތު ދަރިވަރުންނަށް ހޯދާދީފައިވާ ކަމަށް މައުލޫ ލިބެއެވެ.

މިހަރަކާތުގައި ސްކޫލުގެ މުވައްޒަފުންނާއި ބެލެނިވެރިން ވެސް ބައިވެރިވެފައި ވެއެވެ.

ފަރުކޮއެ ޕްރޮގްރާމަކީ މުޅި އަހަރު ތެރެއަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގެ ދަށުން ކުރިޔަށް އޮތް ދުވަސްތަކުގައި ވަކި ވަކި ކްލާސްތަކަށް މިޕްރޮގްރާމުގެ އެކިއެކި ހަރަކާތްތައް ކުރިޔަށް ގެންދެވޭނެ ކަމަށް ވެއެވެ.  

މި މާރޗް މަހު 22 ހުގަިއ ތުނޑިގައި ފަރުކޮއެ ހަރަކާތް އިފުތިތާޙު ކުރިކަމުގައި ވިޔަސް އެއިގެ ކުރިން ބެލެނިވެރިންނަށް މިޕްރޮގްރާމާއި ގުޅޭ ގޮތުން މައުލޫމާތު ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފަރުކޮއެ ޕްރޮގްރާމުގެ ދަށުން، މި މާރިޗް މަހު 1 އިން ފެށިގެން  ފަރަށް ގެއްލުންދޭ ޕްލާސްޓިކް ކޮތަޅާއި އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ފުޅި ސްކޫލަށް ވެއްދުމަކީ މަނާކަމެއް ކަމުގައި ވަނީ ހަމަޖައްސާފައެވެ. އަދި މިކަމާއި ގުޅޭ މައުލޫމާތު ބެލެނިވެރިންނާއި ހިއްސާކުރެވިފައިވާ ކަމަށް ވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު