15 ޑިސެމްބަރ 2018 ( ހޮނިހިރު )

banner

އެންމެ ދޮށީ އުމުރުގައި ވިހެއި އަންހެންމީހާ - އިޓަލީގެ ނަޕޯލީގެ އަނެޓޮލިއާ 101 އަހަރު

އުމުރުން 101 އަހަރުގައި އަންހެނަކަށް ދަރިއަކު ލިބިއްޖެ!

އިޓަލީގެ ނަޕޯލީއަށް އުފަން އަނެޓޮލިއާ ވާޓަޑެލިއާ ނަމަކަށް ކިޔާ މި އަންހެން މީހާ އެމުރުން 101 އަހަރުގައި ލިބުނު ފިރިހެން ދަރިފުޅަށް ކިޔަނީ ފްރެންސިސްކޯއެވެ. އަނެޓޮލިއާ ދަރިފުޅު ވިހޭއިރު 4 ކިލޯގްރާމްގެ ބަރުދަން ހުއްޓެއްވެ. ޑޮކްޓަރުން ބުނަނީ އެ ދެމައިންގެ ވެސް ދުޅަ ހެޔޮކަމަށާއި ދަރިފުޅުގެ ސިއްހަތު ވަރަށް ރަނގަޅު ކަމަށެވެ.

އަނެޓޮލިއާ ދަރިމައި ވުމައްޓަކައި އޯވަރީ ޓްރާންސް ޕްލާންޓް ކުރި މައްސަލައަކީ މުޅި ޔޫރަޕްގައި ވެސް ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން ތަކެއް ކުރިމަތިކުރުވި ކަމެކެވެ. އެހެނީ އޭނާގެ އުމުރުގެ ދޮށީ ކަމެވެ. އެހެންވެ އޭނާއަށް ޖެހުނީ އޯވަރީ ޓްރާންސްޕްލާންޓް ކުރުމާއި ބެހޭ އީޔޫގެ ގާނޫނު ނުހިންގާ ގައުމެއްގައި އެކަން ކުރުމަށެވެ. އެގޮތުން އޭނާ އޯވަރީ ޓްރާންސްޕްލާންޓް ކުރީ ތުރުކީގައެވެ.  

ނަޕޯލީގައި އަނެޓޮލިއާގެ 17 ވަނަ ދަރިފުޅު ފެރެންސިސްކޯ ލިބިފައި ވަނީ އޭނާގެ ފިރިމީހާ ނިޔާވިތާ (1998) 20 އަހަރު ފަހުންނެވެ. އުމުރުން 48 އަހަރުގައި ދެ އޮވަރީއަށް ކެންސަރު ޖެހުމުން، ނަގާފައިވާ މިއަންހެން މީހާގެ އޯވަރީ ޓްރާންސްޕްލާންޓަށް ފަހު އިތުރު ދަރިއަކު ހޯދުމުގެ މަސައްކަތް ފެށިއެވެ. އެކަމުގައި އުޅެނިކޮށް އިންޓަނެޓުން ދިމާވި 26 އަހަރުގެ ފިރިހެންކު އޭނާއަށް ދަރިފަނި ހަދިޔާކުރި ކަމަށް އަނެޓޮލިއާ ބުންޏެވެ. 

އޯވަރީ ޓްރާންސްޕްލާންޓް ކުރުމުގައި ހަރަކާތްތެރިވި ޑޮކްޓަރު ބުނީ މިފަދަ ކަންކަމުގައި ގޮތް ނިންމުމުގެ އިޚުތިޔާރު އެމީހަކަށް ލިބެން ޖެހޭކަމަށެވެ. އަދި މިކަމުގައި ގޮތް ކަނޑައެޅީ އެ އަންހެނާ ކަމަށެވެ. “މިއީ ކުރުން ރަނގަޅު ނޫން ކަމެއްތޯ ކަނޑައަޅަން އަހަރެން މީ ކާކު ހެއްޔޭ؟” އަހައި ޑޮކްޓަރު ސުވާލު އުފެއްދެވި ކަމަށް މީޑީއާރިޕޯރޓް ކުރެއެވެ. “މި ރީތި ދަރިފުޅުގެ އަޖާއިބެއްފަދަ އުފަންވުމުކީ ހެއްދެވިފަރާތުގެ ހަދިޔާއެއް ކަމަށް”  އެ ޑޮކްޓަރު ބުންޏެވެ.

މިހާތަނަށް ބެލެވެމުން އައި ގޮތުން އެންމެ ދޮށީ އުމުރުގައި ދަރިއަކު ލިބިފައި ވަނީ ސައުތު އެފްރިކާއަށް އުފަން 92 އަަހަރުގެ އަންހެނަކަށެވެ. އެ އަންހެނާ އަށް ވުރެ ވެސް އަނެޓޮލިއާ 10 ވަރަކަށް އަހަރުގެ ދޮށްޓެވެ. ދަރިފުޅު ލިބުމުން މައިމީހާ އުފަލުން ރޮވުނެވެ. އަދި އޭނާ ބުނީ މިއީ ހެއްދެވި ފަރާތުގެ ކުޅަދުންވަންތަ ކަމުގެ ހެއްކެއް ކަމަށެވެ. – މައުލޫމާތު: ޕަޕީސްއޫފް.ކޮމް

banner

ކިޔުންތެރިންގެ ޚިޔާލު