19 ސެޕްޓެމްބަރ 2018 (ބުދަ)


އެއްހަފުތާ ބަންދަށްފަހު މާދަމާ ސްކޫލުތައް އަލުން ހުޅުވަނީ

ފުވައމްުލަކުަގއި ތިބި ކިޔަވާ ކުދިންގެ އަދަދު 2017. މައުލޫމާތު. ސްކޫލް ސްޓެޓް 2017.

ފުވައމްުލަކުަގއި ތިބި ކިޔަވާ ކުދިންގެ އަދަދު 2017. މައުލޫމާތު. ސްކޫލް ސްޓެޓް 2017.

ފުރަތަމަ ޓާރމުގެ މެދު ބަންދަށްފަހު މާދަމާ ސްކޫލުތައް އަލުން ހުޅުވެނީއެވެ. ފުވައްމުލަކުގައި ކިޔަވައިދޭ 8 ސްކޫލްގެ ކިޔެވުން ވެސް މާދަމާ ފެށޭނެއެވެ. މިއަހަރުގެ ފުރަތަމަ ޓާރމުގައި ސްކޫލުތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ 98 ދުވަހުއެވެ. އެއިގެތެރެއިން 50 ދުވަހު ކިޔަވައިދިނުމަށްފަހު މުދައްރިސުންނާއި ދަރިވަރުން ވަނީ އެއް ހަފުތާގެ ޗުއްޓީއަކަށް ގޮސްފައެވެ. އަދި ޗުއްޓީ ނިންމާ މާދަމާ ކިޔެވުން ފެށޭނެއެވެ.

ފުރަތަމަ ޓާމުގައި ބާކީ 6 ހަފުތާ ކިޔަވައިދިނުމަށްފަހު ދެން އޮންނާ ފުރަތަމަ ޓާމުގެ އިމްތިހާނެވެ. ޕްރައިމަރީގެ ގިނަ ކްލާސްތަކުގައި އޮންނާނީ ކޮންޓިނުއަސް އެސެސްމެންޓް ކަމުގައި ވުމުން އިމްތިހާނު ހަދާނީ ޕްރައިމަރީގެ މަދު ގްރޭޑެއްގެ ދަރިވަރުނަނެވެ. ސެކަންޑަރީގެ ދަރިވަރުން އިމްތިހާނު ފަށާނީ 13 މޭއި ގައެވެ. އެއީ ރޯދަމަސް ޖެހެން 3 ދުވަހަށް ވެފައި ވަނިކޮށެވެ. މިއަހަރު ރޯދަމަސް ފެށޭނެ ކަމަށް ބެލެވެނީ މެއި މަހު 16 ވާ ދުބަ ދުވަހުއެވެ. ފުރަތަމަ ޓާރމުގެ ކިޔެވުން ނިމޭނީ ޖޫން 7 ވާ ބުރާސްފަތި ދުވަހު އެވެ.

ފުވައްމުލަކުގެ މައިގަނޑު 4 ސްކޫލް ކަމަށްވާ ޏ. އޭއީސީގެ އިތުރުން އެމްޖޭއެމާއި ހޭޒް އާއި އެފް އެސްގައި ވެސް ވަނީ ސެކަންޑަރީ ގްރޭގެއް ކަމަށް ވާ ގްރޭޑް 8 ގެ ކިޔެވުން ފަށައިފައެވެ. ކުރިން 3 ޕްރައިމަރީ ސްކޫލުގެ ގޮތުގައި ހުރި އެމްޖޭއެސް އާއި ހޭޒް އާއި އެފް އެސްގައި ވެސް ދެން ސެކަންޑަރީ ގްރޭޑް ތަކަށް ކިޔަވައިދޭނެއެވެ. މިކަން އެސްކޫލްތަކުގެ ޕްރިންސިޕަލުން ބަލައިގެންފައި ވަނީ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައެވެ. 

މި ޗުއްޓީ ދުވަސްވަރުގައި ހާފިޒު އަހުމަދު ސްކޫލްގެ ޓީޗަރުންގެ ގްރޫޕެއް ތަޖުރިބާ ދަތުރެއްގައި މެލޭޝިއާއަށް ޒިޔާރަތްކޮށްފައި ވެއެވެ.

ސްކޫލް ކަލަންޑަރުން 15 ފެބްރުއަރީ އާއި 26 އޭޕްރީލް ވަނީ މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓަށް ޚާއްސަ ކުރެވިފައެވެ. މިފަހަރުގެ ފުރަތަމަ ޓާމުގައި ރަސްމީ ބަންދު ދުވަސް މުޅިއެކު އަންނަނީ ދެ ފަހަރެވެ. އެއީ 1 މޭ، ލޭބާރ ޑޭ އާއި 16 މޭ، ރަމަޟާން ފުރަތަމަ ދުވަހެވެ. ފިތުރު އީދު އަންނަނީ ފުރަތަމަ ޓާމު ޗުއްޓީ ތެރެއިންނެވެ.

މިއަހަރު (2018ގެ) ދިރާސީ އަހަރުގައި ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ 203 ދުވަހުއެވެ. މިއީ ފާއިތުވި 2017 ވަނަ އަހަރު ކިޔަވައި ދިނުމަށް ކަނޑައެޅި ދުވަހަށް ވުރެ 3 ދުވަސް މަދު އަދަދެކެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!