ބައިނަލް އަގުވާމީ އޯޓިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިސް އޮފިޝަލުންތަކެއް މިއަދު ސްކޫލުތަކަށް ޒިޔާރަތް ކުރައްވައިފިއެވެ. އެގޮތުން ސިޓީ ކައުންސިލްގެ މުވައްޒަފުން ޒިޔާރަތް ކުރައްވާފައި ވަނީ ޝައިޚު މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) އާއި ހާފިޒު އަހުމަދު ސްކޫލު (ޙޭޒް)ގެ އިތުރުން ފުވައްމުލަކު ސްކޫލް (އެފްއެސް) އަށެވެ.
ފުވައްމުލަކުަގއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކްލާސްތައް ކުރިޔަށް ގެންދަނީ މި 3 ސްކޫލުގައެވެ. މިއަދުގެ ޚާއްސަ ޒިޔާރަތުގައި ސިޓީ ކައުންސިލްގު އޮފިޝަލުން ވަނީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހަދިޔާ ދެއްވާފައެވެ.
ޚާއްސަ އެހީއަށް ބޭނުންވާ އެންމެ ގިނަ ދަރިވަރުން ކިޔަވަމުން ދަނީ އެމްޖޭއެސް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ 2017 ގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ގައެވެ. އެއީ ފިރިހެން 29 ދަރިވަރުންނާއި އަންހެން 7 ދަރިވަރުންނާއެކު ޖުމްލަ 36 ދަރިވަރުންނެވެ.
ހޭޒްގައި ކިޔަވަމުން ދަނީ ޚާއްސަ އެހީއަށް ބޭނުންވާ އަންހެން 10 ދަރިވަރުންނާއި ފިރިހެން 24 ދަރިވަރުންނާއެކު ޖުމްލަ 34 ދަރިވަރުންނެވެ.
އެފްއެސްގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެން 5 ކުދިންނާއި ފިރިހެން 6 ކުދިން ކިޔަވަމުން އާދެއެވެ.
ފުވައްމުލަކު ސްކޫލްތަކުގައި ކިޔަވާ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އަދަދަކީ 81 އެވެ.
ޚިޔާލުތައް