16 ޖުލައި 2018 (ހޯމަ)


ފުވައްމުލަކުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ހަރަކާތްރިވާނެ ޓުއަރ ގައިޑުން ތަމްރީންކުރަނީ

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

ފުވައްމުލަކު ސިޓީގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ޓުއާ ގައިޑުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތައް ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާއިފިއެވެ.

މިތަމްރީނު ޕްރޮގްރާމް އޮންނާނީ 30 އޭޕްރިލްއިން ފެށިގެން މެއި ދެވަނަ ދުވަހުގެ ނިޔަލަށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރިލް 23 ގެ މެންދުރު 14:00 ގެ ކުރިއެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ފުވައްމުލަކުގައި ހުންނަ، އެންވާރަމަންޓް މިނިސްޓްރީގެ ފުވައްމުލަކު ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓް ޔުނިޓަށެވެ.  

މި ތަމްރީން ޕްރޮގްރާމްއަކީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން ކުރިޔަށް ގެންދާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭޕީ) ގެ ދަށުން ފުވައްމުލަކުގައި ހިމާޔަތްކޮށްފައިވާ ބަންޑާރަ އަދި ދަޑިމަގި ކިޅި ސަރަހައްދުގައި ޓުއަރ ގައިޑުން ތަމްރީން ކުރުމަށްޓަކައި ހިންގޭ ޕްރޮގްރާމެއްކަމަށް ތިމާވެއްޓާއިބެހޭ ވުޒާރާއިން ހާމަކުރެއެވެ. ސީ.ސީ.އޭ.ޕީ އަކީ ޔޫރަޕިއަން ޔޫނިއަންއިން ފަންޑުކޮށް ވޯލްޑް ބޭންކުން އެޑްމިނިސްޓަރކޮށް މި މިނިސްޓްރީން އައްޑޫ އަދި ފުވައްމުލަކުގައި ހިންގާ މަޝްރޫޢުއެކެވެ. 

ގޮތުން މި ތަމްރީން ޕްރޮގްރާމަކީ ފުވައްމުލައް ނޭޗަރ ޕާކުގައި ހަރަކާތްތެރިވާނެ ޓުއަރ ގައިޑުން ތަމްރީންކުރުމަށްޓަކައި ބޭއްވޭ ފުރަތަމަ ޕްރޮގްރާމެވެ.

މިފަދަ ޓްރެއިނިންގ ތަކުގައި ބައިވެރިވެ، ފުރިހަމަކުރާ ފަރާތްތަކަށް ކުރިޔަށްއޮތް ތަނުގައި ފުވައްމުލައް ނޭޗަރ ޕާކަށް މުވައްޒަފުން ނެގުމުގައި އިސްކަންދެވޭނެއެވެ.

ޓްރެއިނިންގައި ހިމެނޭ ކަންތައްތައް:

  1. ތަނުގެ މާހައުލާއި އާސާރީ ތަންތަނުގެ މަޢުލޫމާތު
  2. ޓުއަރތައް ކުރިއަށް ގެންދާނެ ގޮތުގެ މަޢުލޫމާތު
  3. ޒިޔާރަތްކުރާ ފަރާތްތަކާއި މުޢާމަލާތްކުރާނެ ގޮތުގެ މަޢުލޫމާތު

މި ޕޮރޮގުރާމްގައި ބައިވެރިވުމުގެ ޝަރުތުތައް:

  • 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން
  • ފުވައްމުލަކުގައި ދިރިއުޅޭ ރައްވެއްސަކަށް ވުން

ކޯހުގެ މުއްދަތު:

30 އެޕްރީލް އިން 02 މޭ 2018 އަށް (03 ދުވަސް)

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ސާފުކޮށް ކިޔަން އެނގޭނެ ކޮޕީއެއް

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!