A wide advertisement which will be shown on all devices. (700 x 100)

ޔޫތު މިނިސްޓަރަށް ހުޅުވާލެވިފައިވާ ސިޓީއެއް

ޔޫތު މިނިސްޓަރަށް މިއަދު ވަނީ ފުވައްމުލަކު ޒުވާނުންގެ އެދުން "ޓާރފް ދަޑެއް" ހާމަކޮށްދީފައި

ފުވައްމުލަކުގެ އާއްމު ފަރާތަކުން ޔޫތު މިނިސްޓަރު އިރުތިޝާމު އާދަމަށް ހުޅުވާލެވިފައިވާ ސިޓީ އެއް މިއަދު ފޮނުވައިފިއެވެ. ފުވައްމުލަކު ދޫނޑިގަމު އަވަށު ޔަމަން އިބްރާހިމް މުސްތަފާ މިއަދު ސިޓީ ފޮނުއްވީ ފުވައްމުލަކުގައި އެކަށީގެން ވާ ޓާފް ދަނޑެއް ނެތުމުގެ ޝަކުވާ އެ މިނިސްޓްރީއަށް މިހާތަނަށް ލިބިފައި ނުވާކަމަށް މީޑިއާގައި މިއަދު ޝާއިއުކުރެވުނު ޚަބަރަކާއި ގުޅިގެންނެވެ. އެޚަބަރާއި ގުޅުވައި މުސްތަފާ ފޮނުވި ސިޓީގައި ޒުވާނުންގެ ފަރާތުން ވަނީ އެ ކަންބޮޑުވުންތައް ހުށަހަޅުއްވާފައެވެ.

މުސްތަފާ ފޮނުވިސިޓީ ފޭސްބުކް ގައި މިއަދު ވަނީ އާއްމު ކުރައްވާފައެވެ. 

ފުވައްމުލަކުގައި ޓާފް ދަނޑެއް ނެތުމުގެ ސަބަބުން ފުވައްމުލަކުގެ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ނުހަނު ގިނަ ގޮންޖެހުންތަކާއި އަންނަނީ ކުރިމަތިވަމުން ކަމަށް ހާމަކޮށްފައި ވެއެވެ. ފުވައްމުލަކަކީ އާބާދީގެ ގޮތުން ބޮޑު، ބިން ބޮޑު އަދި ކުޅިވަރުގެ ގޮތުން ވެސް ފާހަގަކުރެވޭ ރަށެއްކަން ވެސް ފާހަގަ ކުރައްވާފައި ވެއެވެ. ޒަމާނުއްސުރެ ފުވައްމުލަކުގެ ޒުވާނުން ފުޓުބޯޅަ ކުޅެމުން ޖެހިފައި މިވަނީ އެކަށީގެންވާ ދަނޑެއްގައި ނޫންކަމަށާއި މިކަމާއި ގުޅިގެން ފުވައްމުލަކުގެ ޒުވާނުން މި ދުވަސްފަރު މީސް މީޑިއާގައި ފުޓުބޯޅަ ކުޅުމަށް އެކަށީގެންވާ ޓާރފް ދަނޑެއް ހޯދައި ދިނުމަށް އެދި ކެމްޕޭނެއް ކުރަމުން އަންނަކަން ވެސް ހާމަކުރައްވާފައި ވެއެވެ.

އިބްރާހިމް މުސްތަފާ (ޔާއްޕެ)ގެ މިސިޓީއާއެކު ސަރުކާރަށް ރަސްމީކޮށް ފުވައްމުލަކު ޒުވާނުންގެ ފަރާތުން މިކަން ހުށަހެޅިގެން ދިޔައީ ކަމަށް ބެލެވެއެވެ.

ފީފާ ގޯލް ޕްރޮޖެކްޓްގެ ދަށުން ފުވައްމުލަކުގައި އަޅަން ހަމަޖެހުނު ޓާފް ދަނޑު ގެއްލިގެން ދިޔައީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ލޮޅު މުގެތެރެއިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް އައި ހަލަބޮލި ކަމެއްގެ ތެރެއިންނެވެ. އެޕްރޮޖެކްޓްގެ ފުރަތަމަ ބައިގެ ދަށުން އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ވަނީ ޓާރފް ދަޑުތައް އަޅާފައެވެ. އެގޮތުން އައްޑުއަތޮޅު ހިތަދޫގައި ވެސް ވަނީ ޓާރފް ދަނޑެއް އަޅާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !