22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

ތޮށިލުމަށް ހަމަޖެހިފައިވާ ސަރަހައްދު، ނެދަރލޭންޑްގެ ޓީމުން މިއަދު ބައްލަވާ ލައްވަނީ

ފުވައްމުލަކު އިރުމަތީ ފަރާތުގައި ތޮށިލުމުގެ މަސައްކަތް ފެށުމަށްޓަކައި، ނެދަރލޭންޑްގެ ޓީމެއް ފުވައްމުލަކުގައި

ނެދަރލޭންޑް ގެ އޯރިއޯ ފަންޑާއި ދިވެހި ސަރުކާރުން،ފުވައްމުލަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެ ގެނައުމުގެ ގޮތުން ފުވައްމުލަކު އިރުމަތީ ފަރާތުގައި ތޮށިލުމުގެ މަސައްކަތް ފެށުމަށްޓަކައި، ނެދަރލޭންޑްގެ ޓީމެއް ފުވައްމުލަކުގައި ހަރަކާތްތެރި ވަމުން އެބަދެއެވެ

ފުވައްމުލަކު އިރުމަތީ ފަރާތުން، ގިރަމުންދާ ސަރަހައްދު ގައި ތޮށިލުމުގެ މަސައްކަތާއި ބެހޭގޮތުން ނެދރަލޭންޑްގެ ޓީމުން ވަނީ ފުވައްމުލަކު އަތޮޅު ކައުންސިލް އާއިވެސް ބައްދަލުކޮއްފައެވެ. އަދި ތޮށިލުމަށް ހަމަޖެހިފައިވާ ސަރަހައްދު، ނެދަރލޭންޑްގެ ޓީމުން މިއަދު ވަނީ ބައްލަވާ ލައްވާފައެވެ.

ގިރަމުންދާ ސަރަހައްދު ގައި 3.5 ކިލޯމީޓަރުގެ ތޮށިލުމުގެ ބޮޑު މަޝްރޫއަކީ ގާތްގަޑަކަށް 24 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށް ވަނީ މައުލޫމާތު ލިބިފައިއެވެ.

މި މަޝްރޫއު ނިމުން، ފުވައްމުލަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު