A wide advertisement which will be shown on all devices. (700 x 100)

ސީރިއާގެ ހަނގުރާމަ ދުނިިޔޭގެ ބޮޑު ހަނގުރާމައަކަށް ވަނީ ބާ؟

ޗައިނާގެ ސެންޓްރަލް މިލިޓަރީން ސިރިއަގެ މިލިޓަރީއަށް އެހީތެރިވާން ވަނީ ނިންމާފައި. 3 ވަނަ ބޮޑު ހަނގުރާމައަށް މިސްރާބު ޖަނީ ބާ؟

އެމެރިކާއާއި ޔޫރަޕުގެ ބައެއް ގައުމުތައް ގުޅިގެން ސީރިއާއަށް އިސްވެ ހަމަލާ ދިނުމުން މެދުއިރުމަތީގެ މަސްރަޙު މިވަނީ ހޫނު ވެފައެވެ. އެއްކޮޅުން އެމެރިކާ، އިނގިރޭސި ވިލާތް، ފްރާންސު ގުޅިގެން ސީރިއާގެ ރައީސް ބައްޝާރު އާއި ދެކޮޅަށް އެގައުމުގެ ތަންތަނަށް ވައިގެ ހަމަލާތަކެއް މިވަނީ ދީފައި ވެއެވެ. އަނެއްކޮޅުން ރަޝިއާއާއި ސިރިއާ އަދި އެންމެފަހުން ޗައިނާ އެކޮޅަށް ޖެހުމުން މަސްރަޙު ބަދަލުވެގެންދާނެ ގޮތާއި މެދު ދުނިޔެ ވަނީ ކަންބޮޑު ވެފައެވެ.

އެމެރިކާއާއި ގުޅިފައިވާ ގައުމުތަކުގެ ވައިގެ ހަމަލާ ސީރިއާއަށް ދިނުމާއެކު ރަޝިއާއިން ބުނެފައި ވަނީ ހަމަލާގެ ރައްދު ނުދޭނެ ކަމަށް ނުބެލުމަށެވެ. ރަޝިއާގެ ވައިގެ މަރުކަޒެއް ސީރިއާގައި ހަދާފައިވާ އިރު ރަޝިއާ ސަރުކާރުން އަންނަނީ ސީރިއާގެ ރައީސް ބައްޝާރުގެ ސަރުކާރަށް މަދަދު ދެމުންނެވެ.

ދުނިޔޭގެ މިލިޓަރީ ބާރެއް ކަމަށްވާ ޗައިނާއިން ސީރިއާއަށް މަދަދު ދޭން ނިންމުމާއެކު ސީރިއާއާއި އެކު މަސައްކަތް ކުރާ ލަޝްކަރުގެ ބާރު ވެސް ވަކި ދަށް ނުވާނެ ކަމަށް މަޝްރަޙު ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރެއެވެ.

ސީރިއާއަށް ދެވުނު މިހަމަލާއާއި ގުޅިގެން ޗައިނާގެ މިލިޓަރީ އިސް ވަފުދެއް ވަނީ ސީރިއާގެ ވެރިރަށް ދިމަޝްގަށް ޒިތޔާރަތްކޮށް އެ ގައުމަށް މިލިޓަރީ އެހީތެރިކަން ދޭނެ ގޮތްތަކާއި މެދު މަޝްވަރާކޮށްފައި ކަމަށް ޗައިނާގެ ނޫހެއް ކަމަށްވާ ޒިންހުއާ އިން ހާމަކުރެއެވެ. ޗައިނާއިން ސިރިއާއަސް އިންސާނީ އެހިތެރިކަމާއި މިލިޓަރީ އެހިތެރިކަން ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ޗައިނާއަށް ސީރިއާ މުހިންމު ވަނީ މެދުއިރުމަތީގެ ތެލަށް ބަރޯސާވާން ޖެހޭތީ ކަމަށް ވެއެވެ. ކުރިން ޗައިނާއިން ވަނީ ސީރިއާގެ ދާޚިލީ މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފައި ކަމަށް ވެސް ވެއެވެ.

މެދުއިރުމަތީގެ މިހަނގުރާމަ އިތުރަށް ފުޅާވެ، ދުނިޔޭގެ ބޮޑު ހަނގުރާމައަކަށް ވެއްޖެނަމަ މުޅި ދުނިޔެ ވެސް ފަނާކޮށްލާ ފަދަ ބާރުގަދަ ހަތިޔާރުތައް ދެފަރާތުގައި ވެސް ވާކަމަށް ވެއެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުން ކަންބޮޑުވާ މުހިންމު މައްސަލައެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !