17 އޮކްޓޯބަރ 2018 ( ބުދަ )

banner

މިއަދު ވެސް ފުވައްމުލަކަށް އުދަ އަރާފާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކުރޭ. އިއްޔެގެ ރާޅު.

މިއަދު ވެސް ފުވައްމުލަކަށް އުދައަރާފާނެ

މިއަދު ވެސް ފުވައްމުލަކަށް އުދަ އަރާފާނެ ކަމަށް މޫސުމީ މައުލޫމާތުތައް ބުނެއެވެ. އައްޑުއަތޮޅުގެ ދެކުނުން ގާތްގަޑަކަށް 1000 ކިލޯމީޓަރ ދުރުގައި އުފެދިގެން އުޅޭ ކޮޅިގަނޑެއްގެ ސަބަބުން ކުރާ މި ވިއްސާރައާއި އުދައެރުމުގެ ހާދިސާތައް ފާއިތުވި ދެ ދުވަހުވެސް ވަނީ ފުވައްމުލަކަށާއި ދެކުނުގެ އަތޮޅުތަކަށް ކޮށްފައެވެ. އާއްމުކޮށް އުދަ އަރަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައެވެ.

މިއަދު ފުވައްމުލަކަށް ދިޔަވަރުބޮޑުވާނެކަމަށް ވަނީ މެންދުރުފަހާއި ރޭގަބޑު 8:30 ގައެވެ.

އިޔެގެ ރާޅު އަރާ ކުންބުނިން ފުރާލި ނާއިބުތުއްތު މަގުން ޕޮލިސް ސްޓޭޝަނާއި ވީ ހިސާބުން އެމަގު ވަނީ ބަންދުކޮށްފައެވެ. އަދި މިއަދު މެންދުރުފަހު ދިޔަވަރު ބޮޑުވާ ވަގުތާއި ދިމާކޮށް ރާޅުއަރާތަން ބެލުމަށް ބައެއް މީހުންވަނީ ފުވައްމުލަކުގެ ދެކުނު ބިތަށް ގޮސް އުޅުނެވެ. 

މޫސުމީ ވިއްސާރާގައި ފުވައްމުލަކުގެ ގިނަ މަގުތައް ވަނީ ފެނުން ބަންޑުންވެފައެވެ. މޫސުމީ އޮފީހުން ހާމަކުރައްވާ ގޮތުގައި އައްޑޫގެ ދެކުނުން އުފެދިފައިވާ ވިލާގަނޑުގައި މިމަހު 20 ވަނަ ދުވަހު 111 މިލިމީޓަރުގެ ވާރޭ އައްޑުއަތޮޅު ގަަމަށް ވެހިފައިވާއިރު ގދ. ކާޑެއްދޫއަށް ވަނީ 26 މިމިމީޓަރުގެ ވާރޭ ވެހިފައެވެ. އަދި ހަމަ އެދުވަހު ގަޑިއަކު 47 މޭލު ބާރުމިނުގައި އައްޑުއަތޮޅު ގަމަށް ވަނީ ވައިޖެހިފައެވެ. އަދި ގދ. ކާޑެއްދުއަށް 39 މޭލު ބާރުމިނުގައި ވައިޖެހިފައިއެވެ.

މޫސުމާބެހޭ އިދާރާއިން ހާމަކުރައްވާ ގޮތުގައި މިކޮޅިގަނޑު މަޑުމަޑުންއަންނާނީ އިރު-ދެކުނުން ރާއްޖެއާއި ދުރަށް ޖެހެމުންނެވެ.

ރަސްމީ ހިސަބުތަކުން ފުވައްމުލަކަށް ވެހުނު ވާރޭގެ މިންވަރު ހާމަކޮށްފައި ނުވިކަމުގައި ވިޔަސް ފުވައްމުލަކަށް ވެސް  އެދުވަހާއި އެރޭ ވަނީ ބޯކޮށް ވާރޭވެހި މުޅި ރަށުގައި ފެންބޮޑު ވެފައެވެ. 

މޫސުން ގޯސްވެފައިވާ މިދަނޑިވަޅުގައި މޫސުމާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންނަމަ ފުވައްމުލަކު ފަޔަސްޓޭޝަންގެ ނަމްބަރު 9550254  ގުޅުމަށް ސިޓީ ކައުންސިލުން ވަނީ ނޯޓިސް ނެރެފައެވެ.  

 މޫސުން ގޯސްވެފައިވާ މިދުވަސްވަރު މޫދަށް އެރިއުޅުމުގައި ފަރުވާތެރިވުމަށާއި ސަލާމަތީ ކަންކަމަށް އިސްކަން ދިނުމަށް މުސުމާބެހޭ އިދާރާއިން ވަނީ ލަފާދީފައެވެ. އިއްޔެ އަޑުއަތޮޅު ހިތަދޫއިން މުދަށް ދިޔަ 3 ކުއްޖަކު އޮޔާއި ދަމައިގެން ގޮސްފައިވެއެވެ. އަދި އެތަނުން ސަލާމަތްވެފައި ވަނީ އެއްކުއްޖެކެވެ.

banner

ކިޔުންތެރިންގެ ޚިޔާލު