17 އޮކްޓޯބަރ 2018 ( ބުދަ )

banner

ގާނޫނުތައް ހުއްޓަސް ރާއްޖެގައި އަދުލު އިންސާފު ހޯދައިދެވޭކަމާއި މެދު ސުވާލުތަކެއް އުފެދިފައިވޭ

ގާނޫނުތަކުގެ މައުލޫމާތު އެޓާނީޖެނެރަލްގެ އޮފީހުން ދެނީ

ރާއްޖޭގައި މިހާރު އަމަލުކުރެވެމުން ދާ ބައެއް ގާނޫނުތަކާއި ގަވާއިދުތަކާއި ގުޅޭ ގޮތުން ފުވައްމުލަކުގެ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް އެޓާނީ ޖެނެރަލްގެ އޮފީހާއި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެން ބާއްވަން ހަމަޖައްސައިފިއެވެ. މީއީ ގާނޫނާއި ގަވާއިދުތަކަށް އާއްމުން ހޭލުންތެރި ކުރުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމުގެ ދަށުން ބާއްވާ ފުރަތަމަ ބައްދަލުވުން ޚާއްސަ ކުރެވިފައި ވަނީ ފުވައްމުލަކުގެ އަންހެން ކަނބަލުންނަށެވެ. މިމަހު 26 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ކުރުނދުމާ މާލަމުގައި ބާއްވާ މިބައްދަލުވުމުގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި، ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނު އަދި ޖިންސީ ކުށުގެ ގާނޫނާއި ގުޅޭ ގޮތުންނެވެ.

މި ހަރަކާތުގެ ދަށުން ފުވައްމުލަކުގެ އެންމެހާ ރައްޔިތުންނަށް ހުޅުވާލެވިގެން ދެވަނަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި ވަނީ 28 އޭޕްރީލް ވާ ހޮނިހިރު ދުވަހު ހަވީރު 4:00 ގައި ކުރުނދުމާ މާލަމުގައެވެ. މިސެޝަނުގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވަނީ އަލަށް އަމަލުކުރަން ފަށާފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގުޅޭ ގޮތުންނެވެ.

މިފަދަ ސެޝަންތަކުގައި ބައިވެރިވެ ލިބޭ މައުލޫމާތުތަކަކީ ކޮންމެ ފަރުދަކަށް ވެސް އެމީހެއްގެ ހައްގުތައް ހޯދާ ހިމާޔަތްކުރުމަށް މުހިންމު މައުލޫމާތު ތަކަކަށް ވެގެން ދާނެއެވެ. އަދި ގާނޫނީ ގޮތުން ހަމަޖެހިފައިވާ އުސޫލުތައް އެނގި، އެހެން މީހުންގެ ހައްގުތަކަށް އިޙުތިރާމް ކުރުމާއި އެހެންމީހުންގެ ހައްގުތައް ހޯދައި ދިނުމުގައި އެހީތެރިވެދިނުމަށް މަގުފަހިވެގެން ދާނެ ކަމެކެވެ.

މިބައްދަލުވުންތަކުގައި ފުވައްމުލައް ސިޓީގެ ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ދިނުމަށް ފުވައްމުލައް ސިޓީ ކައުންސިލާއި އެޓާނީ ޖެނެރަލް އޮފީހުން އެދިލައްވައެވެ. 

banner

ކިޔުންތެރިންގެ ޚިޔާލު