A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ކްރިކެޓް ދަނޑަށް ބަޔަކު ގެއްލުން ދީފީ

ފުވައްމުލަކު ކްރިކެޓް ދަނޑަށް ރޭބަޔަކު ދީފައިވާ ގެއްލުންތައް. ފޮޓޯ؛ ހަސަން މުތީޢު

ފުވައްމުލަކު ކްރިކެޓް ދަނޑަށް ރޭގައި ބަޔަކު ގެއްލުން ދީފިއެވެ. މިކަލް ނޫހާއި ވާހަކަދައްކަމުން ފުވައްމުލަކު ކްރިކެޓް ކުރިއެރުވުމުގައި އިސްކޮށް ހަރަކާތްތެރިވާ، ކުރީގެ ދިގުވާޑު ކައުންސިލް މެންބަރު ހަސަން މުތީޢު ވިދާޅު ގޮތުގައި އެއީ ބަޔަކު ގަސްތުގައި ދީފައިވާ ގެއްލުން ތަކެކެވެ. ކްރިކެޓް ޕްރެކްޓިސް ކުރުމުގެ ގޮތުން ދަނޑުގައި ކޮންރިޓް ބުޑަކާއެކު ޖަހާފައިވާ ދަނގަނޑު ހޮޅި ދަނޑިތަކާއި އެހޮޅި ދަނޑިތަކުގައި ހަރުކޮށްފައިވާ ނެޓަށް ވަނީ ގެއްލު ދީފައެވެ.

ދަނޑަށް ދީފައިވާ ގެލުން ތަކުގެ ތެރޭގައި ނެޓް ހަރުކޮށްފައިވާ އެއް ހޮޅިދަނޑި ބިންދާލައި އިތުރު ހޮޅިދަނޑިއެއް ލަނބާލާފައި ވެއެވެ. އަދި ހަރުކޮށްފައިވާ ނެޓަށް އެކިތަންތަނުން ގެއްލުން ދީފައިވެއެވެ.

ހަސަން ހާމަކުރި ގޮތުން ކުރިކެޓް ކުޅޭ މީހުނާއި އެއްވެސް ބަޔަކާއި މައްސަލައެއް ޖެހި އަދި ދެބަސްވުމެއް ހިނގާފައި ނުވެއެވެ. އަދި މިއީ ކޮންބަޔަކު ދިން ގެއްލުމެއް ކަމެއް ބުނާކަން ނެގެއެވެ. ކޮންމެ ބަޔަކު ނުވަތަ މީހަކު ކުރިކަމެއް ކަމުގައި ވިޔަސް މިއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ހަސަން މިއަމަލު ސިފަ ކުރެއެވެ.

އެމީހުންގެ (ކްރިކެޓް ފުވައްމުލައް) ފަރާތުން ހިތްހަމަނުޖެހޭ ކަމެއް ހިނގާނަމަ، މިފަދަ ފިނޑި އަމަލުތައް ކުރުމުގެ ބަދަލުގައި، އެކަމެއް އެމީހުނާއި ބައްދަލުކޮށް ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ ކަމަށް ހަސަން ހާމަކުރެއެވެ.

މިހާރުވެސް ފުވައްމުލަކުގެ އެތައް ސަތޭކަ ކުދިންނެއް ޝައުގުވެރިކަމާއެކު ކުރިކެޓް ކުޅެމުން އަންނަ ދަނޑަކަށް މިފަދަ ގެއްލުމެއް ދިނުމަކީ ބަލައިގަނެވެނެ ކަމެއް ނޫނެވެ.

ހަގީގަތަކީ ފުވައްމުލަކުގެ ތަމްރީނުތަކުން ގައުމީ ފެންވަރުގެ ކުރިކެޓް ކުޅުންތެރިން އުފެދިގެން އަންނަކަން ގަބޫލުކުރުން ކަމަށް ހަސަން އިތުރަށް ވިދާޅުވިއެވެ.

ދާދި ފަހުން ވަނީ ފުވައްމުލަކު ސްކޫލްތަކުގެ މެދުގައި ބާއްވަމުން އަންނަ ކްރިކެޓް މުބާރާތް ނިމިފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !