17 އޮކްޓޯބަރ 2018 ( ބުދަ )

banner

ހޭޒްގެ ނެޓްބޯޅަ ޓީމުން ދެ މެޗުން މޮޅުވެއްޖެ. ފޮޓޯ: ހޭޒް

އައްޑޫގައި ކުރިޔަށްދާ ނެޓްބޯޅަ މުބާރާތުން ހޭޒްގެ ޓީމު ދެ މެޗުން މޮޅު ވެއްޖެ

މިހާރު އައްޑޫ ސިޓީގައި ކުރިޔަށްދާ ސްކޫލްތަކުގެ ނެޓްބޯޅަ މުބާރާތުގައި އައްޑޫގެ ސްކޫލްތަކުގެ އިތުރުން ފުވައްމުލަކުގެ ހާފިޒް އަހުމަދު ސްކޫލާއި މުހައްމަދު ޖަމާލުއްދީން ސްކޫލުން ބައިވެރިވެއެވެ. މިމުބާރާތުގައި ހޭޒްގެ ޓީމުން ރަނގަޅު ކާމިޔާބީހެއް ހޯދަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އެޓީމުން މަރަދޫ-ފޭދޫ ސްކޫލާއި ބައްދަލު ކުރި މެޗް އަދި ފޭދޫ ސްކޫލާއި ބައްދަލު ކުރި މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައި ވެއެވެ.

ފާއިތުވި އާދީއްތަ ދުވަހު އެސްކޫލް ޓީމު ބައްދަލުކުރީ މަރަދޫ-ފޭދޫ ސްކޫލްގެ ޓީމާއެވެ. އެމެޗު 17 ޕޮއިންޓް 4 ޕޮައިންޓުގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ހޭޒްގެ ޓީމެވެ. އިއްޔެ އެޓީމު ވާދަކުރީ ފޭދޫ ސްކޫލުގެ ޓީމާއެއެވެ. މިމެޗް ވެސް 17 ޕޮއިންޓް 7 ޕޮއިންޓުގެ ބޮޑު ތަފާތަކުން ހޭޒްގެ ޓީމުން ކާމިޔާބުކުރިއެވެ.

މިމުބާރާތުގައި 14 ޓީމަކުން ވާދަކުރެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު