A wide advertisement which will be shown on all devices. (700 x 100)

ހޭޒްގެ 14 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް މާދަމާ ބާއްވަނީ

ހޭޒްގެ ގްރޭޑް 1 ގެ ދަރިވަރުން ފީލްޑް ޓްރިޕެއްގައި ޓީޗަރާއެކު. ފޮޓޯ: ހޭޒް

ހާފިޒް އަޙުމަދު ސްކޫލުގެ 14 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތައް މާދަމާ (ބުރާސްފަތި ދުވަހު) ކުރިޔަށް ގެންދާ ގޮތަށް އެސްކޫލުން ހަމަޖައްސައިފިއެވެ. އެސްކޫލުން އާއްމުކުރި ލިޔުމެއްގައި ވާގޮތުން މާދަމާ ސްކޫލަށް ބެލެނިވެރިންނާއި ދަރިވަރުން އައުމަށް ހަމަޖެހިފައި ވަނީ ފަތިސް ނަމާދު ފެށޭ ވަގުތަށެވެ.

އެގޮތުން ޖަމާއަތުގައި ފަތިސް ނަމާދު ކުރުމަށް ތައްޔާރުވެގެން ފަތިހު 4:45 އަށް ސްކޫލަށް އައުމަށް ވަނީ އެދިފައެވެ. މިހަރަކާތުގައި ގްރޭޑް 4-ން ފެށިގެން 8ށް ހުރިހާ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެހެން ގްރޭޑް ތަކުން ބައިވެރިވާނީ ހަމައެކަނި އަމިއްލައަށް އެދިގެން ބައިވެރިވާން ބޭނުންވާ ދަރިވަރުންނާއި ބެލެނިވެރިންނެވެ.

އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވާ ރަސްމީ ޖަލްސާ ސްކޫލުގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:00 ގައެވެ. މިޖަލްސާގައި ހުރިހާ ގްރޭޑެއްގެ ދަރިވަރުން ވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކުރިން މި މަހު 22 ވަނަ ދުވަހު އަހަރީ ދުވަސް ފާހަގަކުރުމަށް ތައްޔާރުވެފައި ވަނިކޮށް ފުވައްމުލަކަށް އުދަ އެރުމުގެ ސަބަބުން ވަނީ އެހަރަކާތްތައް ފަސްކުރެވުނީއެވެ.

ހާފިޒް އަޙުމަދު ސްކޫލް (ހޭޒް) ހުޅުވާފައި ވަނީ 22 އޭޕްރީލް 2004 ގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !